ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދަނޑިވަޅަށް ބަލައި، ސަމާލުކަން ލިބޭތޯ އިމްރާން ބަހެއް ބުނެފި!

އަދާލަތު ޕާޓީގެ ކުރީގެ ރައީސް، ޝައިޚް އިމްރާން ----
އަދާލަތު ޕާޓީގެ ކުރީގެ ރައީސް، ޝައިޚް އިމްރާން ----

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-إލެކްޝަނުން ސަރުކާރު ހިންގާ ޕީއެންސީ ބަލިވުމާއެކު، ސިޔާސީ މަސްރަޙުގެ ދަނޑިވަޅަށް ބަލައި، އާންމުންގެ ސަމާލުކަން ހޯއްދެވުމުގެ ގޮތުން ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ އެއްޗެއް ބުނެފިއެވެ.

އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ޞާދިޤް (ސޯބެ) މި ގޮނޑި ކާމިޔާބު ކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ބުނީ، ހިތަދޫ އުތުރުގެ މި ނަތީޖާއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ނިމިގެންދާނެ ގޮތުގެ "ދެލިކޮޕީ" އެއް ކަމަށެވެ.

އަދާލަތު ޕާޓީގެ ކުރީގެ ރައީސް، ޝައިޚް އިމްރާން ކުރި ޕޯސްޓުގައި އިތުރަށް ބުނީ، ހިތަދޫ އުތުރުގެ ނަތީޖާއަކީ ޤާނޫނުން ކަސްތޮޅުއަޅުވައިގެން ރައީސް މުޢިއްޒު ގެންގުޅުއްވާ ޕީއެންސީގެ ޕީޖީ ގްރޫޕުގެ ތެރެއިން ގެއްލުވާލާ ކޮންމެ ގޮނޑިއެއްގެ އިންތިޚާބު ނިމިގެންދާނެ ގޮތް ކަމަށެވެ. އަދި މި ނަތީޖާއާއެކު ސަރުކާރުގެ ވެރިންނަށް ކަންކަން މިހާރު މޭރުންވާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ބޭއްވުނު މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ޞާދިޤް ކާމިޔާބު ކުރެއްވީ 1,375 ވޯޓާއެކުގައެވެ. އެއީ ވޯޓުލީ މީހުންގެ 51 އިންސައްތައެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދަށް ލިބިވަޑައިގަތީ 1,313 ވޯޓެވެ. އެއީ 48 އިންސައްތަ ވޯޓެވެ.

މުޅި އިންތިޚާބުގެ ނަތީޖާއިން ސޯބެ 62 ވޯޓުގެ ތަފާތުން ކުރި ހޯއްދެވި ނަމަވެސް، އައްޑޫ ސިޓީގައި ބެހެއްޓި ބައެއް ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދަވާފައިވެއެވެ. މިއީ މީގެ ކުރިން އިދިކޮޅު ފަރާތްތަކަށް ބޮޑު ތާއީދެއް އޮންނަ ދާއިރާއަކުން ސަރުކާރު ހިންގާ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ޕާޓީގެ އިސްވެރިން އަންނަނީ ފާހަގަކުރަމުންނެވެ.