ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޯހޯމް ލިވިން: ލަގްޒަރީ ދިރިއުޅުމަކަށް ގެ ޒީނަތްތެރިކުރުމަށް މުޅިން އާ މަންޒިލެއް!

ބޯހޯމް ލިވިން: ލަގްޒަރީ ދިރިއުޅުމަކަށް ގެ ޒީނަތްތެރިކުރުމަށް މުޅިން އާ މަންޒިލެއް!
ދިރިއުޅޭ ގެއަކީ ހަމައެކަނި ފާރުތަކަކުން ބިނާކޮށްފައިވާ ތަނެއްގެ ބަދަލުގައި، އެ މީހެއްގެ ޝަޚުސިއްޔަތާއި އަރާމު ދައްކުވައިދޭ އަމިއްލަ "ސެންޗުއަރީ" އެއްގެ ގޮތުގައި ބިނާކުރުމަށް އެހީތެރިވެދޭނެ މުޅިން އާ މަންޒިލެއް މާލޭގައި ހުޅުވައިފިއެވެ. ދިވެހިންގެ ގޭތެރެއަށް އާރޯކަމާއި ޒަމާނީ ލަގްޝަރީ ގެނެސްދިނުމުގެ މަޤްޞަދުގައި ހުޅުވި "ބޯހޯމް ލިވިން" އަކީ ފެންވަރު ރަނގަޅު ހޯމް ޑެކޯ ސާމާނަށް ޚާއްޞަ ފިހާރައެކެވެ.

މާލޭގެ ބޯޅަޖެހި ސްޓޯރު ކައިރީގައި ހުންނަ މއ. ފެޝަންފުރުޓް ގޭގައި ހުޅުވި މި ފިހާރައިގެ އެންމެ ބޮޑު ޚާއްޞަކަމަކީ ލިބެން ހުރި ތަކެތީގެ ތަފާތުކަމާއި ފެންވަރެވެ. މި ފިހާރައިގައި ހުރި ތަކެތި ފަރުމާކޮށްފައިވަނީ ތަބީއީ ކުލަތަކާއި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. މިއީ ލަގްޝަރީ ލައިފްސްޓައިލަކަށް ލޯބިކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން، ގޭގެ ކޮންމެ ކަނަކަށް ބޭނުންވާނެ އެންމެ ރީތި ޑެކޯ އައިޓަމްތައް ލިބޭނެ ތަނެކެވެ.

ލިބެން ހުރި ބައެއް އުފެއްދުންތައް


ބޯހޯމް ލިވިން އިން ލިބެން ހުރި ތަކެތީގެ ތެރޭގައި ގެއަށް ހިތްގައިމުކަން ގެނެސްދޭނެ ސްޓައިލިޝް ފަރުނީޗަރު، ގޭތެރޭގެ މާހައުލު ބަދަލުކޮށްލާނެ ފެންވަރު ރަނގަޅު ލައިޓިންގ، އަދި ފާރުތަކާއި މޭޒުމަތީގައި ބަހައްޓާލެވޭނެ ފަދަ ޔުނީކް ހޯމް އެކްސެސަރީސް ހިމެނެއެވެ. މީގެ އިތުރުން، އުފާވެރި ކުލަތަކުން ފަރުމާކޮށްފައިވާ ޕްރިމިއަމް ޓެކްސްޓައިލްސްގެ ތެރޭގައި ހިމެނޭ ކުއިޝަންތަކާއި ދޮރުފޮތިތަކަކީ ވެސް ފާހަގަކޮށްލެވޭ ތަކެއްޗެވެ.

މި ފިހާރަ ހުޅުވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކަސްޓަމަރުންގެ ހުވަފެނީ ގެތައް ބިނާކުރުމަށް އެހީތެރިވެދިނުމެވެ. ބޯހޯމްގެ މެނޭޖްމަންޓުން ބުނާ ގޮތުގައި، އެ ފިހާރައިން ލިބޭ ތަކެއްޗަކީ ހަމައެކަނި ރީތި އެއްޗެހިތަކެއް ނޫނެވެ. "މި ފިހާރައިން ލިބޭ ތަކެއްޗަކީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ، ފެންވަރު ރަނގަޅު އަދި ކޮންމެ ގެއަކަށްވެސް ޝާހީކަމެއް ގެނެސްދޭނެ ތަކެތި،" ކަމަށް މެނޭޖްމަންޓުން ފާހަގަކުރެއެވެ.

ޓްރެންޑީ އަދި ކްލެސިކް ޑިޒައިންތަކުގެ ބޮޑު ކަލެކްޝަނަކާއެކު، ބޯހޯމް އިން ކޮންމެ މީހެއްގެ ވެސް ސްޓައިލަށް ފެތޭނެ އުފެއްދުންތައް ލިބެން ހުންނާނެއެވެ. ގޭތެރެ ޒީނަތްތެރިކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ މި ފިހާރައަށް ޒިޔާރަތްކޮށް، އާ ކަލެކްޝަންތައް ބަލާލުމުގެ ފުރުސަތު ހުޅުވާލާފައެވެ.