ޕާކިސްތާނުގެ ހަރުކަށި އިންޒާރު، ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ޖެހިދާނެ
އިންޑިއާއިން ދެމުންދާ ހަމަލާތައް ނުހުއްޓައިފި ނަމަ ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަން ޖެހިދާނެކަމަށް ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރ މީޑިއާއަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވީ، އިންޑިއާއިން ހަމަލާ ދިނުން ނުހުއްޓައިފިނަމަ ހަމަނުޖެހުން ނިއުކްލިއާ ކުރިމަތިލުމަކަށް ބަދަލުވެދާނެ ކަމަށެވެ.
ޖިއޯ ނިއުސް އަށް އެކްސްކްލޫސިވްކޮށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމުގެ ހުރިހާ ޒިންމާއެއް އޮންނާނީ އިންޑިއާއަށް ކަމަށެވެ.
"ނިއުކްލިއާ ހަނގުރާމައާ ދިމާލަށް އިންޑިއާ އިން މި ސަރަހައްދު ވައްޓާލައިފި ނަމަ އޭގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ،"
ޕާކިސްތާނުން މިހެން ބުނެފައިވަނިކޮށް އިންޑިއާއިން ވަނީ މިސައިލް ހަމަލާތަކެއް ޕާކިސްތާނަށް ފޮނުވާލާފައެވެ.
Ads by BMLއަދި މިހާތަނަށް މިހަމަލާއާއި ގުޅިގެން ތަފްސީލެއް ލިބިފައިނުވެއެވެ.
Ads by MACL
