ސަމާލުކަން ހުއްޓުނު ރޮނަލްޑޯގެ 5 ފްރީކިކް، އެވަގުތު ގޯލު ބެލެހެއްޓީ ބޯލްބޯއީއެއް!
މި މަހުގެ 11 ގައި ފަށާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ މަސައްކަތްތައް ފޯރިއާއެކު ކުރިއަށްދާއިރު، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނަލްޑޯ ފަރިތަކުރުންތަކުގައި ފޮނުވާލި ފްރީކިކްތަކަކަށް ގިނަ ބައެއްގެ ސަމާލުކަން އަނެއްކާވެސް ވަނީ ހުއްޓިފައެވެ.
ޕޯޗުގަލް ޓީމުގެ ކޭމްޕުގައި ދާދިފަހުން ކުރިއަށްދިޔަ ފަރިތަކުރުންތަކެއްގައި، ރޮނަލްޑޯ ވަނީ ޕެނަލްޓީ އޭރިއާގެ އެކި ދިމާލުން ފްރީކިކް ޖެހުމުގެ ހުނަ ދައްކާލާފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، އުމުރުން ދުވަސްވީ ނަމަވެސް ރޮނަލްޑޯ ފޮނުވާލި ފަސް ފްރީކިކަކީ އޭނާގެ ބާރުގަދަ، ސީދާ އަދި މަޝްހޫރު 'ނަކްލްބޯލް' އުކުޅު ފެނިގެންދިޔަ މޮޅު ޖެހުންތަކެކެވެ.
މި ފަރިތަކުރުންތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ، ރޮނަލްޑޯ ފްރީކިކްތައް ޖަހަން ތައްޔާރުވި ވަގުތު ގޯލު ކައިރީގައި ހުރި ބޯލްބޯއީއަކަށެވެ. އެ ކުޑަކުއްޖާ ވަނީ ނުރަސްމީ ގޯލްކީޕަރެއްގެ ދައުރު އަދާކޮށް، ރޮނަލްޑޯގެ ބާރުގަދަ ހަމަލާތައް ގޯލަށް އަންނައިރުވެސް ޖެހިލުމެއް ނެތި ގޯލު ކުރިމަތީގައި މަޑުކޮށްފައެވެ. ނަމަވެސް މި މަންޒަރު ގނަ ބަޔަކަށް ސިފަވެފައިވަނީ އެހެން ގޮތަކަށެވެ. ހަގީގަތަކީ އަސްލު ގޯލްކީޕަރަކާއި ނުލައި ބޯލް ބޯއީއެއް ބަހައްޓައިގެން ރޮނާލްޑޯ ފްރީ ކިކް ޖެހުމެވެ. މި މަޖާ މަންޒަރުގެ ސަބަބުން ޓީމުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންގެ މޫނުމަތިން ހިނިތުންވުން ފެނިގެންދިޔައެވެ.
Ads by BMLމި ހާދިސާއިން ހާމަވެގެންދަނީ ވޯލްޑް ކަޕްގެ ފޯރި ގަދަވަމުން އައި ނަމަވެސް، ޕޯޗުގަލް ކޭމްޕުގެ ތެރޭގައި އޮތް ހަމަޖެހޭ އަދި އުފާވެރި މާހައުލެވެ. އުމުރުން 41 އަހަރުގައިވެސް ރޮނަލްޑޯ ހުރީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި އޭނާގެ ގައުމަށް ކާމިޔާބު ހޯދައިދިނުމުގެ އަޒުމުގައެވެ. އަދި އޭނާގެ ފިނިޝިން އާއި ފްރީކިކް ޖެހުމުގެ ހުނަރު އިތުރަށް ފުރިހަމަކުރުމަށް ގިނަ ވަގުތު ހޭދަކުރަމުންދެއެވެ.
ރޮނަލްޑޯގެ ކާމިޔާބު ކެރިއަރުގައި ފްރީކިކްތަކަކީ ފާހަގަކޮށްލެވޭ މުހިންމު ބައެކެވެ. މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް އަދި ޔުވެންޓަސްގެ އިތުރުން ގައުމީ ޓީމަށްވެސް އޭނާ ވަނީ ހިތްގައިމު ފްރީކިކް ގޯލުތަކެއް ކާމިޔާބުކޮށްދީފައެވެ. ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނަލްޑޯ އަދިވެސް ހުރީ ސެޓް-ޕީސްތަކުން އިދިކޮޅު ޓީމުތަކަށް ނުރައްކާ ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރުގައެވެ.
ވޯލްޑް ކަޕް ކައިރިވަމުން އަންނައިރު، ޕޯޗުގަލްގެ ސަޕޯޓަރުން އުންމީދު ކުރަނީ ފަރިތަކުރުންތަކުގައި ފެނިގެންދިޔަ މި ފަދަ މޮޅު ފްރީކިކް ތައް މުބާރާތުގެ ތެރެއިންވެސް ފެނިގެންދާނެ ކަމަށެވެ. ނަމްވެސް އޭރުން ގޯލް ބަލަހައްޓާނީ ބޯލް ބޯއީއެއް ނޫންނެވެ. ހުންނާނީ ކީޕަރުންނެވެ. ރޮނާލްޑޯގެ ހުރި ފެންވަރެއް އެނގިދާނެތާއެވެ.
Ads by MACL
