ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިރޭ އެކަނި ޕާކިސްތާނުން އާންމުންގެ 31 މަރު، ޕާކިސްތާނުން ބަދަލު ހަމަލާ ބޮޑުވާނެ!

މިރޭ އެކަނި ޕާކިސްތާނުން އާންމުންގެ 31 މަރު، ޕާކިސްތާނުން ބަދަލު ހަމަލާ ބޮޑުވާނެ!

ޕާކިސްތާނުގެ ދިފާޢީ ބާރުތަކުން ބުނާ ގޮތުގައި އިންޑިއާގެ ހަމަލާގައި 31 އާންމު ރައްޔިތުން މަރުވެއްޖެއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ ހެޑް އަހްމަދު ޝަރީފް ޗައުދުރީ ވިދާޅުވި ގޮތުގައި އިންޑިއާގެ ހަމަލާގައި 31 އާންމު ރައްޔިތުން މަރުވެ، ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެފައިވާކަމަށެވެ. އަދި ބަދަލު ހަމަލާ ބޮޑުވާނެ ކަމަށް އިންޑިއާއަށް އިންޒާރު ދޭކަމަަށެވެ.

"މެއި 6 އާއި 7 ގައި ދިން ހަމަލާތަކުން އިންޑިއާގެ ޙަޤީޤީ ސިފަ ހާމަވެގެން ދިޔަކަމަށް ޕާކިސްތާނުން ބުނެއެވެ.


އަދި އެއިން ދައްކުވައިދެނީ އިންޑިއާ ބަލިކަށި އަދި ފިނޑިކަމެވެ. އެއީ ޣައިރު މުސްލިމުންނެކޭ އެއްފަދައިން، އެމީހުންގެ ކުރިމަތީގައި ހުރި ހަނގުރާމަވެރިންނާ ކުރިމަތިލުމުގެ ބަދަލުގައި ރޭގަނޑުގެ އަނދިރީގައި އާންމު ރައްޔިތުންނާއި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާދޭތީއެވެ."


މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޕާކިސްތާނުންދަނީ އިންޑިއާއަށް ހަމަލާ ދިނުމަށް ތައްޔާރުވަމުންނެވެ.