ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލޭގައި ސައިކަލެއް ކަހާލައިގެން ގޮސް ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ސައިކަލެއް ކަހާލައިގެން ގޮސް ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭ ފޭސް 2 ގެ ހިތިގަސް މަގުން ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ހިތިގަސް މަގުން އުތުރުން ދެކުނަށް ސައިކަލު ދުއްވާފައި ދަނިކޮށް ކަމަށާއި، މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ރޭ 21:26 އެހައިކަންހާއިރު ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއެވެ.

މި އެކްސިޑެންޓްގައި ކަފިހިހުރަހުން މަގު ހުރަސްކުރި ދިވެހި ފިރިހެނާއަށް އެކި ވަރުގެ އަނިޔާވެފައިވާތީ، އޭނާއަށް މިހާރު އަންނަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މީގެ އިތުރުން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.