ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނުގެ ކަނޑުގެ ސިފައިން އެމެރިކާގެ މަނަވަރުތައް އަޑިއަށްލާނެ ކަމުގެ އިންޒާރު ދީފި

އީރާނުގެ ކަނޑުގެ ސިފައިން އެމެރިކާގެ މަނަވަރުތައް އަޑިއަށްލާނެ ކަމުގެ އިންޒާރު ދީފި

އީރާނުގެ ކަނޑުގެ ސިފައިން އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތަކަށް ވަގުތުން އެ ސަރަހައްދުން ފޭބުމަށާއި ފަހަތަށް ޖެހުމަށް އަންގާ ސީދާ އިންޒާރެއް ދީފިއެވެ. އީރާނުން ބުނެފައިވަނީ މި އަމުރަށް ނުކިޔަމަންތެރިވެއްޖެނަމަ އެ މަނަވަރުތައް ފައްތާލާނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ މިއީ ހަމައެކަނި ދޭ އިންޒާރެއް ނޫން ކަމަށާއި، މިއީ ހަގީގަތެއް ކަމަށެވެ. އެމެރިކާގެ މަނަވަރުތަކުން އެ ސަރަހައްދު ދޫކޮށް ނުގޮސްފިނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިޝާރާތެއް އީރާނުން ވަނީ ދީފައެވެ.

މި ވަގުތު އީރާނުގެ އަސްކަރިއްޔާ އޮތީ ހަނގުރާމައިގެ އެންމެ މަތީ ތައްޔާރީ ހާލަތެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

"މިއީ ބިރުދެއްކުމެއް ނޫން، މިއީ ހަގީގަތް. ގޮއްވާލާނަން." އީރާނުގެ ކަނޑުގެ ސިފައިންގެ އިންޒާރުގައި ބަޔާންކޮށްފައިވެއެވެ.

މި އިންޒާރާއި ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަނީ ނުހަނު ބޮޑަށް ނުތަނަވަސްވެފައެވެ. އީރާނުން ހަނގުރާމައަކަށް ތައްޔާރުވަމުންދާ ކަމުގެ ނިޝާންތައް ފެންނަމުންދާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ މިކަމަށް ފާރަވެރިވަމުންނެވެ.