އީރާނުން މިސައިލް ހަމަލާދީ އިޒްރޭލުގެ ދެ އެއާބޭސް އާއި ފަސް އަސްކަރީ މަރުކަޒު ގޮއްވާލައިފި
މިހާތަނަށް އިސްރާއީލަށް ދެވުނު އެންމެ ވަރުގަދަ އަދި އެންމެ ނުރައްކާތެރި ހަމަލާތަކެއްގައި އެގައުމުގެ އަސްކަރީ މުހިންމު މަރުކަޒުތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ހަމަލާތަކަކީ ފަހުގެ ތާރީޚެއްގައި އިސްރާއީލުގެ ދިފާއީ ނިޒާމަށް އަމާޒުކޮށް ދެވުނު އެންމެ ކާމިޔާބު ހަމަލާތަކެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހަމަލާތަކުގައި އިސްރާއީލުގެ ވައިގެ އަސްކަރީ ދެ މަރުކަޒަކާއި ފަސް އަސްކަރީ ކޭމްޕެއް ވަނީ އެއްކޮށް ސުންނާފަތިކޮށްލާފައެވެ. މި މަރުކަޒުތަކަށް ދެވުނު ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން، މި ހަމަލާތަކުގައި އިސްރާއީލުގެ އަސްކަރިއްޔާގެ އިސް ބައެއް ވެރިންނާއި ލީޑަރުން މަރާލެވިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މަރާލެވުނު މީހުންގެ ތަފްސީލީ މައުލޫމާތެއް އަދި ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
Ads by BMLމި ހާދިސާއާ ގުޅިގެން ސަރަހައްދީ މަސްރަހު ވަނީ ނުހަނު ބޮޑަށް ހޫނުވެފައެވެ. މިއީ އިސްރާއީލުގެ ދިފާއީ ނިޒާމު ފޫއަޅުވާލުމަށްފަހު ދެވުނު ވަރުގަދަ ހަމަލާއަކަށް ވާއިރު، މިކަމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި އަސްކަރީ ކުރިމަތިލުންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
Ads by MACL
