އިންޑިއާއިން ޕާކިސްތާނަށް ދެމުންދާ ހަމަލާތަކަށް ތާއީދު ކުރާކަމަށް ޔަހޫދީ އިސްރާއީލުން ބުނެފި
އިންޑިއާއިން ޕާކިސްތާނަށް ދެމުންދާ ހަމަލާތަކަށް ތާއީދު ކުރާކަމަށް ޔަހޫދީ އިސްރާއީލުން ބުނެފިއެވެ.
އިއްޔެ ރޭ ދަންވަރު އިންޑިއާއިން "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ފެށި ހަނގުރާމަވެރި އޮޕަރޭޝަންގައި ޕާކިސްތާނުގެ ޖުމްލަ 9 ސައިޓަކަށް ވަނީ އަމާޒުކޮށްފައެވެ.
މި ނުރައްކާތެރި ހަމަލާގައި ޕާކިސްތާނުގެ 26 މީހަކު މަރުވެ، 46 މީހަކު ޒަޚަމްވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.
Ads by BMLމި ހަމަލާގެ ފަހުން، ދެ ޤައުމުގެ ސަރަޙައްދީ ބޯޑަރު ކަމުގައިވާ ލައިން އޮފް ކޮންޓްރޯލުގައި އިތުރު ހަމަލާތަކެއް ހިނގާފައިވެއެވެ. އަދި މި ހަމަލާތަކުގައި އިންޑިއާގެ ބައެއް ސިފައިން ޝަހީދުވެފައިވާ ކަމަށް ވެސް ވަނީ ބުނެވިފައެވެ.
އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާތަކާ ގުޅިގެން، އިސްރާއީލުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އަމިއްލަ ދިފާއުގައި އިންޑިއާއިން ދިން ހަމަލާއަށް އިސްރާއީލުން ފުރިހަމައަށް ތަށް ތާއީދުކުރާ ކަމަށެވެ.
"ކުށެއް ނެތް މަދަނީ ރައްޔިތުންނާ ދެކޮޅަށް އެމީހުން ހިންގާ ބޮޑެތި ޖަރީމާތަކުން ފޮރުވޭނެ ތަނެއް ނެތްކަން ނިރުބަވެރިންނަށް އެނގެން ޖެހޭނެ،" އޭނާ އިތުރަށް ބަޔާންކޮށްފައިވެއެވެ.
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ބޮޑު ހަމަނުޖެހުމެއް އުފެދިފައިވާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ގިނަ ފަރާތްތަކުން ގޮވާލާފައިވާ ފަދައިން، ހަމަނުޖެހުންތައް ހުއްޓުވުމަށް އޭނާގެ ބަޔާނުގައި އެއްވެސް އިޝާރާތެއް ކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.
Ads by MACL
