ރައީސް އޮފީހުގެ މުޝީރެއްގެ މަގާމަށް ކުރީގެ މިނިސްޓަރު އާދަމް ނަސީރު އައްޔަންކުރައްވައިފި
ދިވެހިބަހާއި ސަގާފަތާ ބެހޭ ވުޒާރާގެ ވަޒީރުކަން ކުރިން ކުރެއްވި އާދަމް ނަސީރު އިބްރާހީމް، ރައީސް އޮފީހުގެ މުޝީރެއްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ އައްޔަންކުރައްވައިފިއެވެ.
އާދަމް ނަސީރު އައްޔަންކުރައްވާފައިވަނީ ދިވެހިބަހާއި ސަގާފަތް އަދި ހެރިޓޭޖު ދާއިރާގެ މުޝީރެއްގެ ގޮތުގައެވެ. ނަމަވެސް އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ކޮން ފެންވަރެއްގައި ކަމެއް ސަރުކާރުން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ.
އާދަމް ނަސީރަކީ މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ސަރުކާރުގެ ކެބިނެޓުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ. އެއީ އޭޕްރީލް މަހު ބޭއްވުނު ކައުންސިލް އިންތިޚާބަށްފަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަކަށް ސަރުކާރުގެ ކެބިނެޓުން އިސްތިއުފާ ދެއްވި 10 ވަޒީރުންގެ ތެރެއިން ބޭފުޅެކެވެ.
Ads by BMLކެބިނެޓަށް ގެނައި ބަދަލުތަކާއެކު، އޭރު އިސްތިއުފާ ދެއްވި ބައެއް ވަޒީރުން މިހާރު ވަނީ އެކި ގައުމުތަކަށް ކަނޑައަޅާ ސަފީރުންގެ މަގާމުތަކަށް ބަދަލުކުރައްވާފައެވެ. މީގެ އިތުރުން އޭރު ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ނާޒިމް އަށްވެސް ރައީސް އޮފީހުން ވަނީ އަލުން މަގާމެއް ދެއްވާފައެވެ.
އާދަމް ނަސީރަކީ ދިވެހިބަހާއި ސަގާފީ ދާއިރާގެ މަސައްކަތްތަކުގައި ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާއަށް އަލަށް ދެއްވި މުޝީރުކަމުގެ މަގާމުގެ ޒިންމާތަކާއި ފެންވަރުގެ ތަފްސީލު ރައީސް އޮފީހުން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.
Ads by MACL
