އިރާންގެ ޚާރިޖީ އައްބާސް އިންޑިއާއަށް ވަޑައިގެންފި، ހަނގުރާމަ ހުއްޓާލުމަށް ދަންނަވާނެ
އީރާނުގެ ޚާރިޖީ ވަޒީރު، އަލްފާޟިލް އައްބާސް އަރަޤްޗީ، އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ.
މި ދަތުރުފުޅުގައި އެ މަނިކުފާނު އިންޑިއާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާނެ ކަމަށް އީރާނުގެ މީޑިއާ ވަސީލަތްތަކުން ހާމަކޮށްފައިވެއެވެ.
އަރަޤްޗީ ވަނީ މި ހަފުތާގެ ކުރީކޮޅު ޕާކިސްތާނަށް ރަސްމީ ޒިޔާރަތެއް ކުރައްވާފައެވެ. މި ދެ ޤައުމަށް ކުރައްވާ ޒިޔާރަތްތަކަކީ ސަރަޙައްދީ ގުޅުންތައް ބަދަހިކުރެއްވުމަށް އަމާޒުކުރެވިގެން ކުރިއަށްގެންދަވާ މަސައްކަތްތަކެއްގެ ގޮތުގައި ބެލެވެއެވެ.
Ads by BMLއީރާނުގެ ސަރުކާރުން ވަނީ އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ތައްޔާރަށް ތިއްބެވި ކަމުގެ އިޝާރާތް ކުރައްވާފައެވެ.
އަދި އެ ޤައުމުން ވަނީ އިންޑިއާ އަދި ޕާކިސްތާނާ ދެ ޤައުމާވެސް ރަނގަޅު ޑިޕޮލޮމެޓިކް ގުޅުމެއް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
Ads by MACL
