ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް ފެންޓަސީ ކުޅެގެން އައިފޯން 17 ޕްރޯއެއް!

ވޯލްޑް ކަޕް ފެންޓަސީ ކުޅެގެން އައިފޯން 17 ޕްރޯއެއް!

ފުޓުބޯޅައިގެ އެންމެ ބޮޑު އީދު ކަމަށްވާ ފީފާ ވޯލްޑް ކަޕްގެ ފޯރި މުޅި ދުނިޔޭގައި ގަދަވަމުން އަންނަ މި ދަނޑިވަޅުގައި، ދިވެހި ފުޓުބޯޅަ ސަޕޯޓަރުންނަށް ޚާއްޞަކޮށްގެން ފީފާ ވޯލްޑް ކަޕް ފެންޓަސީ ލީގެއް ތަޢާރަފްކޮށްފިއެވެ. މި ފެންޓަސީ ލީގަކީ މެޗުތައް ބަލަމުން އަމިއްލަ ޓީމެއް އެކުލަވާލައިގެން، އަގުހުރި ބޮޑެތި އިނާމުތަކެއް ހޯދުމަށް ފަހިކޮށްދެވިފައިވާ ރަނުގެ ފުރުޞަތެކެވެ.

މުބާރާތް އިންތިޒާމުކުރާ ފަރާތުން މި ފެންޓަސީ ލީގުގައި ބައިވެރިވާ ފަރާތްތަކަށް ވަނީ ވަރަށް ހިތްގައިމު އަދި އަގުބޮޑު އިނާމުތަކެއް ކަނޑައަޅާފައެވެ. އެގޮތުން މުޅި ލީގުން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން 1 ވަނަ އަށް ދާ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފަހުގެ "އައިފޯން 17 ޕްރޯ" އެކެވެ. މީގެ އިތުރުން ވެސް ގަދަ 4 އަކަށް އަންނަ ފަރާތްތަކަށް ފައިސާގެ ބޮޑެތި އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. 2 ވަނަ އަށް އަންނަ ފަރާތަކަށް 8,000 ރުފިޔާ ލިބޭއިރު، 3 ވަނަ އަށް 5,000 ރުފިޔާ އަދި 4 ވަނަ އަށް ދާ ފަރާތަކަށް 3,500 ރުފިޔާ ގެ ނަގުދު ފައިސާ ލިބިގެންދާނެއެވެ.

މި ފެންޓަސީ ލީގުގައި ބައިވެރިވުމަށްޓަކައި ދައްކަންޖެހެނީ އެންމެ 350 ރުފިޔާއެވެ. ލީގުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ހޮޓްލައިން ނަންބަރު 9841414 އަށް ގުޅުއްވައިގެން ނުވަތަ އެ ނަންބަރަށް ވަޓްސްއެޕް މެސެޖެއް ފޮނުވައިގެން ފަސޭހަކަމާއެކު ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން ކަމަށްވާ ލިއޮނެލް މެސީ، ކްރިސްޓިއާނޯ ރޮނާލްޑޯ، ކިލިއަން އެމްބާޕޭ، އާލިން ހާލަންޑް އަދި ހެރީ ކޭން ފަދަ ތަރިންގެ ކުޅުން ފެނިގެންދާ މި މުބާރާތުގެ ފެންޓަސީ ލީގު ކުޅުމަކީ ފުޓުބޯޅައިގެ ފޯރި އެތައް ގުނައެއް އިތުރުކޮށްދޭނެ ކަމެކެވެ. ތިމާ ސަޕޯޓުކުރާ ނުވަތަ އެންމެ މޮޅަށް ކުޅޭނެ ކަމަށް ލަފާކުރެވޭ ކުޅުންތެރިން ހިމަނައިގެން އަމިއްލަ ޓީމެއް ހަދައި، އެ ކުޅުންތެރިން ދަނޑުމަތީގައި ދައްކާ ހުނަރަށް ބަލައި ޕޮއިންޓް އެއްކުރުމަކީ މިހާރު ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަގުބޫލުވަމުން އަންނަ، ވާދަވެރި އަދި މަޖާ ކުޅިވަރެކެވެ.