މެމްބަރު މުހައްމަދު އިސްމާއިލް އިދިކޮޅު އެމްޑީޕީއަށް: ދަތް އަޅާނެ ކުއްތާއެއް ވައްވަކެއް ނުޖަހާނެ!
ސަރުކާރު ވައްޓާލުމަށާއި ސަރުކާރު ބަދަލުކުރުމަށް ގޮވަމުންދާ އިދިކޮޅު އެމްޑީޕީއަށް ރައްދު ދެއްވައި، "ދަތް އަޅާނެ ކުއްތާއެއް ވައްވަކެއް ނުޖަހާނެ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މުހައްމަދު އިސްމާއީލްގެ އެކްސް އެކައުންޓުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯއަކާއެކު ކުރެއްވި ޕޯސްޓެއްގައި، އިދިކޮޅު ފަރާތްތަކުން މުޅި ރާއްޖޭގައި އަމިއްލަ މޮޅުކަން ދައްކަން ތެޅިފޮޅުނަސް، އެއީ އެއްވެސް ވަރަކަށް ދެކޮޅުޖެހޭ ވާހަކަތަކެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސަރުކާރާ ދެކޮޅަށް ތެދުވުމުގެ ކުރިން ފުރަތަމަ އަމިއްލަ ގޭތެރޭގެ ކަންކަން ހައްލުކުރުމަށް ބަލަންޖެހޭނެ ކަމަށެވެ.
https://twitter.com/MPMohdIsmail/status/2064300901540475242މުސްކުޅިންގެ ހަރުބަހުން މިސާލު ދައްކަވަމުން އޭނާ ކުރެއްވި މި ޕޯސްޓަށް ކޮމެންޓްކޮށް، ސޯޝަލް މީޑިއާގައި ބައެއް އާންމުން ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ހިކުމަތްތެރިކަމަށް ތައުރީފުކޮށް، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދެއް ދީފައެވެ.
Ads by MACL
