ރެފްރީ އުމަރު އާރްތެހް އެމެރިކާއިން ޑީޕޯޓްކޮށްލުން؛ އޭނާގެ މޯބައިލް ފޯނާއި ޓެބްލެޓް ވެސް ވަނީ އަތުލާފަ!
ސޯމާލިއާގެ ރެފްރީ އުމަރު އާރްތެހްއާ ގުޅޭގޮތުން ނޫސްވެރިޔާ ރޯމަން މޮލީނާ އާ މައުލޫމާތުތަކެއް ހިއްސާކޮށްފިއެވެ. މޮލީނާ ހާމަކުރި ގޮތުގައި އުމަރު އާރްތެހް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ހޯދައިގެން އެމެރިކާއަށް ދަތުރުކުރި ނަމަވެސް، އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އޭނާ ހުއްޓުވައި ސުވާލުކޮށްފައިވެއެވެ.
މޮލީނާ ބުނި ގޮތުގައި، އުމަރު ޑިޕްލޮމެޓިކް ޕާސްޕޯޓެއް ހޯދައިގެން ސީދާ ދަތުރުކުރި ނަމަވެސް، އޭނާ ހުއްޓުވައި ސުވާލުކޮށް ހެދިކަށާއި އެމީހުން އޭނާގެ ފޯނާއި ޓެބްލެޓް އަތުލުމަށްފަހު އަދިވެސް އަނބުރާ ނުދޭކަމަށް ބުންޏެވެ. އަދި އޭނާ ވަނީ އެމެރިކާއިން ތުރުކީއަށް ދާ ފްލައިޓެއްގައި ޑީޕޯޓްކޮށްލާފައިކަމަށް ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައުމުތަކުގެ އިމިގްރޭޝަން އުސޫލުތަކުގެ ތެރެއަށް އެ އިދާރާއަށް ނުވަދެވޭނެ ކަމަށެވެ. ނަމަވެސް މޮލީނާ ވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ފާހަގަކުރި ގޮތުގައި އެންމެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ފީފާއިން ވަނީ އިމިގްރޭޝަން ކަންކަމުގެ ތެރެއަށް ވަދެފައެވެ. އެހެންކަމުން ފީފާއިން ކަންކަމުގައި ދެގޮތަކަށް އަމަލުކުރަމުންދާ ކަމަށް އޭނާ ތުހުމަތުކުރިއެވެ.
Ads by BMLމީގެ އިތުރުން މޮލީނާ ބުނީ، އެމެރިކާގެ ސަރުކާރުން ބޭނުންވާ ގޮތަކަށް ކަންކަން ކުރާނެކަން ފީފާއަށް އެނގޭނެ ކަމަށެވެ.
"އަހަރެމެންނަށް ހީކުރެވިދާނެ އެމީހުން އަމިއްލައަށް ބުނެފާނެ ކަމަށް، 'މިކަން ރައްކާތެރިކޮށް ކުރިއަށް ގެންދިއުމަށްޓަކައި، މެކްސިކޯ ނުވަތަ ކެނެޑާގައި އޮންނަ މެޗުތަކަށް އޭނާ ހަމަޖައްސަމާ ހިނގާށޭ.' ނަމަވެސް އެހެންނެއް ވެސް ނުވި، ސަބަބަކީ ފީފާ ހިންގަމުންދަނީ އެމެރިކާގެ ނޫފޫޒާއި ބާރުގެ ދަށުން ނުކުޅެދިފައިވާ މުއްއަސްސާއެއްގެ ގިތުގައި ކަމަށްވާތީ،" މޮލީނާ އިތުރަށް ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ފީފާގެ ހިންގުމުގެ ދޯހަޅިކަމާއި، ވަކި ގައުމުތަކަކަށް އިސްކަންދޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
Ads by MACL
