ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް 2026: ގުރޫޕް ސްޓޭޖުގެ 180،000 އެއްހާ ޓިކެޓް ރީސޭލް މާކެޓަށް ނެރެފި

ވޯލްޑް ކަޕް 2026: ގުރޫޕް ސްޓޭޖުގެ 180،000 އެއްހާ ޓިކެޓް ރީސޭލް މާކެޓަށް ނެރެފި

މިމަހުގެ 11 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ފޯރި ގަދަވަމުން އަންނައިރު، ފީފާގެ ރަސްމީ ރީސޭލް ޕްލެޓްފޯމަށް ގިނަ އަދަދެއްގެ ޓިކެޓްތަކެއް ވިއްކުމަށް ނެރެފައިވާކަން ހާމަވެއްޖެއެވެ. މިކަމުގެ ސަބަބުން މުބާރާތުގެ ބައެއް މެޗުތަކުގައި ސަޕޯޓަރުން މަދުވެ، ހުސް ގޮނޑިތަކެއް ފެނިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

ފަހުގެ ރިޕޯޓްތައް ބުނާގޮތުން، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ހާއްސަކޮށްގެން ގާތްގަނޑަކަށް 176,000 ޓިކެޓް މިހާރު ވަނީ ރީސޭލް ޕޯޓަލްގައި ލިސްޓުކޮށްފައެވެ. މިއީ ޓިކެޓް ގަނެފައިވާ ފަރާތްތަކަށް އެމީހުން ބޭނުންނުކުރާ ޓިކެޓްތައް ގާނޫނީ ހަމަތަކުގެ މަތިން އަލުން ވިއްކާލުމަށް ފީފާއިން ހުޅުވާލާފައިވާ ފުރުސަތެކެވެ.

އުތުރު އެމެރިކާގެ ގައުމުތައް ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ޓިކެޓްގެ އަގުތައް އިންތިހާއަށް އުފުލިފައިވާތީ، މާސެލީނޯ އޯޓިޒް އަދި ހޫލިއޯ ރާމޯސް ފަދަ ތަޖުރިބާކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެބޭފުޅުން ފާހަގަކުރާ ގޮތުގައި، ޓިކެޓްގެ އަގުތައް ހުރި ގޮތުން މުބާރާތުގެ ތަަަަަސްވީރަށް ނޭދެވޭ އަސަރުކޮށް، ދަނޑުތައް ހުސްކޮށް އޮތުމުގެ ފުރުސަތު އެބައޮތެވެ.

މި މުބާރާތަކީ 48 ގައުމަކުން ވާދަކުރާ، ވޯލްޑް ކަޕްގެ ތާރީހުގައިވެސް ބާއްވާ އެންމެ ބޮޑު މުބާރާތެވެ. ފީފާއިން ބުނާ ގޮތުގައި ޖުމްލަ ޓިކެޓް ސޭލްސް ވަރުގަދަ ނަމަވެސް، ގްރޫޕް ސްޓޭޖުގެ ބައެއް މެޗުތަކަށް އޮތް ޑިމާންޑް ވަނީ ބަދަލުވެފައެވެ. ހާއްސަކޮށް ބޮޑެތި ޓީމުތައް ކުޅޭ މެޗުތަކުގެ ޓިކެޓަށް އޮތް ޑިމާންޑް ބޮޑު ނަމަވެސް، އެހެން ބައެއް މެޗުތަކުގެ ޓިކެޓްތައް އަލުން ވިއްކާލަން ހުށަހަޅާ މިންވަރު ވަނީ އިތުރުވެފައެވެ.

މިކަމާ ގުޅޭގޮތުން ފީފާގެ އޮފިޝަލުން ވިދާޅުވީ، މުބާރާތް ކައިރިވަމުން އަންނައިރު ސަޕޯޓަރުން އެމީހުންގެ ދަތުރުގެ ކަންކަން ރާވާ ގޮތުން ޓިކެޓްގެ ލިބޭ މިންވަރަށް ބަދަލު އައުމަކީ އާންމު ކަމެއް ކަމަށެވެ. އަދި މުބާރާތް ފެށުމާ ގާތްވުމުން ދަނޑުތައް ފުރޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް ފީފާއިން ބުނެއެވެ.

ފީފާއިން އިތުރަށް އިލްތިމާސްކުރަނީ ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކުން އޮޅުވާލުންތަކުން ސަލާމަތްވުމަށްޓަކައި ހަމައެކަނި ރަސްމީ ޗެނަލްތައް ބޭނުންކުރުމަށެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ތަށި ހޯދުމަށް ގިނަ އަދަދެއްގެ ގައުމުތަކެއް ވާދަކުރާނެ ތާރީހީ މުބާރާތަކަށް ވެގެންދާނެއެވެ.