ޓިކްޓޮކް ވީޑިއޯއެއް ހެދުމަށް އަމިއްލަ ދަރިފުޅުގެ ނިތްކުރިއަށް ބިސް ތަޅާލި މަންމައަކަށް ބޮޑު ޖޫރިމަނާއެއް
ޓިކްޓޮކް ވީޑިއޯއަކަށް ޓަކައި ދަރިފުޅުގެ ނިތްކުރިއަށް ބިސް ތަޅާލި މަންމައަކަށް ބޮޑު ޖޫރިމަނާއެއް ކޮށްފިއެވެ.
ސްވީޑަންގެ ހެލްސިންބޯގުން 24 އަހަރުގެ އަންހެނަކަށް ވަމީ ފުރައްސާރަ ކުރުމުގެ ކުށުގެ މައްސަލައެއްގެ ތަހުގީގު ފަށާފައެވެ. އެއީ ޓިކްޓޮކް ވީޑިއޯއަކަށް ޓަކައި އޭނާގެ ދަރިފުޅުގެ ނިތްކުރިމަތީގައި ބިސްގަނޑެއް ތަޅާލުމުގެ ސަބަބުންނެވެ.
އެއީ 2023 ވަނަ އަހަރު، ޓިކްޓޮކްގައި ވަރަށް ބޮޑަށް މަޝްހޫރުވި ވައިރަލް ޓްރެންޑެއެކެވެ.
Ads by BMLދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މައިންބަފައިން އެމީހުންގެ ކުދި ދަރިންނަށް މަލާމާތްކޮށް، އެކުދިންގެ ނިތްކުރިމަތީގައި ބިސްގަނޑު ތަޅާލާ މަންޒަރު ވީޑިއޯކުރަން ފެށިއެވެ.
ގިނަ މީހުން މިކަން ދެކުނީ ގެއްލުމެއް ނެތް މަޖާ ކަމެއްގެ ގޮތުގައެވެ.
އެހެންނަމަވެސް ސްވީޑަންގައި ހިނގި މިހާދިސާ ވަނީ ދާދިފަހުން ވަނީ ބޮޑެތި ނޫސްތަކުގެ ސުރުޚީތަކަށް އަރާފައެވެ. އެއީ ޓިކްޓޮކްގައި ބަލާ މީހުން މަޖާކުރުވުމަށް ޓަކައި އޭނާގެ ދަރިފުޅުގެ ނިތްކުރިމަތީގައި ބިސްގަނޑެއް ތަޅާލައި، ދަރިފުޅަށް ނިކަމެތިކަން ގެނުވި ކަމަށް ޓަކައި 24 އަހަރުގެ ޒުވާން މަންމައަކު ފުރައްސާރަކުރުމުގެ ކުށުން ކުށްވެރިވުމުންނެވެ.
@sandy_beach_florida #eggprank #pranks #funnyvideos #funny #funnytiktoks #viral #fyp ♬ original sound - Sandy's Furbaby Blessings
މި ހާދިސާ ހިނގީ ފާއިތުވި އަހަރުގެ ކުރީކޮޅުގައެވެ. އޭރު ނަން ހާމަނުކުރާ 24 އަހަރުގެ މަންމަ އޭނާގެ ދަރިފުޅަށް ބުނެފައިވަނީ އެމީހުން އެއްކޮށް އޭޕަލް ކޭކެއް ހަދާނެ ކަމަށާއި، އެ މަސައްކަތް ޓިކްޓޮކަށް ވީޑިއޯކުރާނެ ކަމަށެވެ.
އިންފްލުއެންސަރަކަށް ވާން ބޭނުންވާ މި ޒުވާން އަންހެނާ ބިހެއް ނަގައި އޭނާގެ ދަރިފުޅުގެ ނިތްކުރިމަތީގައި ތަޅާލިއެވެ. އެކުއްޖާ އޭނާގެ މަންމަ ކައިރީގައި ތަދުވާ ކަމަށް ކަމަށާއި އެކަން ހުއްޓާލަން އެދުނު ކަމަށްވެއެވެ. އެވަގުތު އެކުއްޖާގެ މަންމަ ހުރީ ހިނިއައިސްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ އަންހެނާގެ ވީޑިއޯ ޓިކްޓޮކްގައި 100،000 ވަރަކަށް މީހުން އެކިފަހަރު ބަލާފައިވެއެވެ. އެ ވީޑިއޯ ބެލި މީހުންގެ ތެރެއިން އެކަކު އެކަން ފުލުހުންނަށް ރިޕޯޓުކުރިއެވެ. އަދި އެ ޒުވާން މަންމަ އޭނާގެ ދަރިފުޅަށް ފުރައްސާރަކުރި ކަމަށް މައްސަލަ ޖެއްސިއެވެ.
@makeyouhapier have an egg on one’s forehead 😂😂😂#funnyvideos #funny #omg #happy #fyp #funnytiktok #prank #kids #usa ♬ original sound - Make you happier
އެ ޒުވާން މަންމަ އަމިއްލަ ދިފާޢުގައި ބުނެފައިވަނީ އޭނާ އެކަން ކުރީ ހަމައެކަނި ޓިކްޓޮކްގައި މަޝްހޫރުވުމަށް ކަމަށެވެ. އެހެންނަމަވެސް ކޯޓުން ނިންމީ އެ އަންހެނާ އޭނާގެ ދަރިފުޅަށް ފުރައްސާރަކުރި ކަން ސާބިތުވާކަމަށެވެ. އެކަމުން ކުށްވެރިވެ، 20،000 ސްވީޑިޝް ކްރޯނާ (2،070 އެމެރިކާ ޑޮލަރު) ގެ ޖޫރިމަނާއެއް ކުރިއެވެ. އަދި އެ ފައިސާ ދައްކަންޖެހޭނީ އޭނާގެ ދަރިފުޅަށެވެ.
Ads by MACL
