ވޯލްޑް ކަޕް 2026: ސްވިޑަން އާއި ޖަޕާން ޓީމަށް 'ވޮލްކަން' ފެސިލިޓީ ބޭނުން ނުކުރެވޭނެ ކަމަށް ފީފާއިން އަންގައިފި
ސްވިޑަން އަދި ޖަޕާންގެ ގައުމީ ޓީމުތަކުން ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 'ވޮލްކަން' ފެސިލިޓީ، އެ ބޭނުމަށް ބޭނުން ނުކުރެވޭނެ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ނިންމައިފިއެވެ.
ފީފާގެ މި ނިންމުމާ ގުޅިގެން އެ އިދާރާ އިން ވަނީ މި ދެ ގައުމުގެ ޓީމުތަކަށް އެ ފެސިލިޓީގައި ތަމްރީނުތައް ކުރިއަށް ނުގެންދެވޭނެކަން ރަސްމީކޮށް އަންގާފައެވެ. މިއީ މުބާރާތުގެ ތައްޔާރީތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ ނިންމުމެއް ކަމަށް ބެލެވެއެވެ.
"މި ނިންމުމާ މެދު އަޅުގަނޑުމެން ވަރަށް ހިތާމަކުރަން. މިއީ ފީފާގެ ނިންމުމެއް، އަދި އެކަން އިއްޔެ އެފަރާތުން ވަނީ އަޅުގަނޑުމެންނަށް އަންގާފައި" މި ނިންމުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކަމާބެހޭ ފަރާތަކުން ބުނެފައިވެއެވެ.
Ads by BMLމި ނިންމުން ނިންމަން ޖެހުނު ސީދާ ސަބަބެއް ފީފާ އިން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިކަމުގެ ސަބަބުން ސްވިޑަން އަދި ޖަޕާން ޓީމުގެ ތަމްރީނުތައް ދެން ކުރިއަށްދާނެ ތަނެއް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
Ads by MACL
