ޝައްމާން އެކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް، ހެއްކެއް ނުވަތަ ގަރީނާއެއް ނޯންނާނެ: ވަޒީރު އިހުސާން
ޝައްމާން އެކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށާއި، ހެއްކެއް ނުވަތަ ގަރީނާއެއް ނޯންނާނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން ވިދާޅުވީ ޝަމްއާން އެ ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށެވެ.
އަދި ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެތްކެއް ނުވަތަ ޤަރީނާއެއް ނެތް އިރު، އޭނާ އެހަދަނީ ދޮގުކަން ކުރިންވެސް މީޑިޔާގައި އަޅުގަނޑު އޮންނާނީ ދަންނަވާފައި ކަމަށެވެ.
މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ފައިސާ ފޭރުމާއި ކޯޓާ ވިއްކުމުގެ ތުހުމަތު ޝަމްއާންގެ މައްޗަށް އޮތް ނަމަވެސް އޭނާ ވަނީ އެއީ ދޮގެއް ކަމުގައި ވިދާޅުވެ އެ ތުހުމަތުތައް ހޯމް މިނިސްޓަރު އަލީ އިހްސާނަށް ކުރައްވާފަ އެވެ. އަދި އެކަންކަން ރައީސަށް އެނގިވަޑައިގަންނަވާނެ ކަމަށާ ރައީސް މުޢިއްޒު، އިޙްސާން ދިފާއު ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.
Ads by BMLތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފް ވަނީ ޝަމްއާން ވަހީދު، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމުގައި ވިދާޅުވެފަ އެވެ.
ޝަމްއާންގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
Ads by MACL
