ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މީދޫއަށް އައީ ގައުމީ އީދެއް، ގައުމީ ކުޅުންތެރިންނާއިއެކު އުފާވެރި ވަގުތުކޮޅެއް!

މީދޫއަށް އައީ ގައުމީ އީދެއް، ގައުމީ ކުޅުންތެރިންނާއިއެކު އުފާވެރި ވަގުތުކޮޅެއް!

ރާއްޖޭގެ ގައުމީ ޓީމްގެ ބައެއް ކުޅުންތެރިންނާއީ ދ މީދޫ ޒުވާނުންގެ މެދުގައި އެކުވެރި ކަމުގެ ފުޓްބޯޅަ މެޗު ގައުމީ ކުޅުންތެރިން ހިމެނުނު ޓީމުން ކާމިޔާބުކޮށްފިއެވެ.

ފުޓްބޯޅައަށް ލޯބި ކުރާ ޒުވާނުންތަކެއް ދިރިއުޅޭ މީދޫއަށް މިއަދު ވަނީ އެތައް ގޮތަކުން ހާއްސަވެސް ވެފައެވެ.

ދ. މީދޫ ފުޓުބޯޅަ ޓީމަކީ ރާއްޖޭގެ ރަށްރަށުގެ ފެންވަރުގައާއި އަތޮޅު/ރީޖަނަލް މުބާރާތްތަކުގައި ފާހަގަކޮށްލެވޭ ވަރުގަދަ އަދި ކާމިޔާބު ފުޓުބޯޅަ ޓީމެކެވެ.

ދިވެހި ފުޓުބޯޅައިގެ އައު އޮނިގަނޑުގެ ދަށުން އެ ރަށަކީ ފުޓުބޯޅައިގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ އެއް ރަށެވެ.

ޒަމާނީ ދަނޑެއް ގާއިމްކުރެވި ފުޓުބޯޅަ ކުރިއެރުވުމަށް ގިނަމަސައްކަތްތަކެއް މީދޫ ރައްޔިތުންކުރެއެވެ.

އެގޮތުގެ މަތިން ގައުމީ ކުޅުންތެރިންނާއިއެކު ވަގުތު ކޮޅެއް ހޭދަކޮށް އެކީގައި މެޗެއް ކުޅެލުމުގެ ފުރުސަތު ފަހިވެގެން ދިއުމަކީ މީދޫ ޒުވާނުންނަށް ލިބުނު ބޮޑު އުފަލެއްކަމުގައި ޒުވާނުންދެކެއެވެ.

މި މެޗުގައި ގައުމީ ޓީމަށް ނިސްބަތްވާ ކުޅުންތެރިންނާއި ރާއްޖޭގެ މަތީފަންތީގައި ކުޅޭ ކުޅުންތެރިންހިމެނުނެވެ. އަލީ އަޝްފާގު ( ދަގަނޑޭ ) ހިމެނޭހެން ކުޅުނު މި މެޗު 4-0 އިން ކާމިޔާބު ކުރީ ގައުމީޓީމު ކުޅުންތެރިންގެ ޓީމެވެ. މި މެޗުގައި ދަގަނޑޭ ހެޓްރިކެއް ވަނީ ހަދާފައެވެ.

މެޗަށްފަހު މީދޫގެ އެކިއެކި އުމުރުފުރާތަކުގެ ކުދިންނާއިއެކު ކުޅުންތެރިން ފޮޓޯނަގައި އުފާވެރި ވަގުތުކޮޅެއް ވަނީ ހޭދަކޮށްފައެވެ.