ލާހޯރުގައި އިންޑިއާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި
ލާހޯރުގައި އިންޑިއާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފިއެވެ.
ފުލުހުންގެ އޮފިޝަލުން ޙަވާލާދީ، ޕާކިސްތާނުގެ ސަމާ ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ސިޓީގެ ވޯލްޓަން އެއަރޕޯޓް ކައިރީގައި އިންޑިއާގެ ޑްރޯނެއް ވަނީ ވައްޓާލެވިފައެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު ލާހޯރުގެ ވޯލްޓަން މަގުގައި ގަދަ އަޑުގެ ގޮވުންތަކެއް އިވުނު ކަމަށް ފުލުހުންގެ އިސް ފަރާތްތަކުން ބުނެފައިވެއެވެ.
Ads by BMLފުލުހުންގެ ބުނި ގޮތުގައި ވޯލްޓަން އެއަރޕޯޓާ ކައިރިން އިންޑިއާގެ ޑްރޯނެއް ވަނީ ވައްޓާލެވިފައެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި 5 އިން 6 ފޫޓުގެ ޑްރޯނެއް ބޯޑަރުން އަނެއް ފަރާތުން އޮޕަރޭޓްކުރަރަމުން ދިޔައެވެ. ޑްރޯން ވައްޓާލާފައިވަމީ ސިސްޓަމް ޖެމްކޮށްގެންނެވެ.
https://twitter.com/MohUmair87/status/1920301228770119912
އިންޑިއާގެ ޑްރޯން ދުއްވާފައިވަނީ ޖާސޫސީކުރުމަށް ކަމަށް އެ ފަރާތްތަކުން އިތުރަށް ބުންޏެވެ. އަދި ގޮވާ ތަކެތި އުފުލާ ޑްރޯން އިމާރާތާ ވަރަށް ކައިރިވެފައިވާ ކަމަށްވެސް އެ ފަރާތްތަކުން ބުންޏެވެ.
https://twitter.com/AmeerHamzaVoice/status/1920303986554397033
ވައިގެ ސަރަހައްދު ހަނިކުރެވިފައިވުމުގެ ސަބަބުން، ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސް (ޕީއައިއޭ) ގެ ގިނަ ފްލައިޓްތަކަކަށް ވަނީ އުނދަގޫ ކުރިމަތިވެފައެވެ. މަދީނާއިން ލާހޯރަށް ދަތުރުކުރަމުންދިޔަ ޕީއައިއޭގެ ފްލައިޓެއް ވަނީ ކަރާޗީއަށް ޖައްސާފައެވެ.
Ads by MACL
