ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާންގެ އައިއާރުޖީސީގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރަށް އެމެރިކާއިން ހަމަލާދީފި

އީރާންގެ އައިއާރުޖީސީގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރަށް އެމެރިކާއިން ހަމަލާދީފި

އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރަށް އަމާޒުކޮށް އެމެރިކާގެ އަސްކަރީ ބާރުތަކުން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މިއީ އީރާނުގެ އަސްކަރީ އޮނިގަނޑަށް ލިބުނު ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

މި ހަމަލާތަކާ ގުޅިގެން އީރާނުގެ ތެހެރާން ޕްރޮވިންސްގެ ރޮބަޓް ކަރީމް ސަރަހައްދުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހާދިސާ ހިނގާފައިވަނީ މީގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ.

މި ހަމަލާއަކީ އީރާނުގެ އެންމެ ނުފޫޒުގަދަ އަސްކަރީ ގޮފި ކަމަށްވާ އައިއާރުޖީސީގެ އޮޕަރޭޝަންތައް ކޮންޓްރޯލްކުރާ މަރުކަޒަށް އަމާޒުކޮށް ދެވުނު ހަމަލާއަކަށް ވުމުން، މީގެ ސަބަބުން ސަރަހައްދީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

މި ހަމަލާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި މިހާތަނަށް ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ފަރާތުން މި ހަމަލާ ދީފައިވާކަން ކަށަވަރުކޮށްދީފައިވާއިރު، މިއީ އީރާނުގެ އަސްކަރީ ގާބިލުކަމަށް އެޅުނު ވަރަށް ބޮޑު ހުރަހެއް ކަމަށް ބެލެވެއެވެ. ރޮބަޓް ކަރީމް ސަރަހައްދުގައި ހިނގަމުންދާ ކަންކަން ބައިނަލްއަގުވާމީ މީޑިއާތަކުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ.