ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ރުފިޔާ ބަހައިފި

މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ރުފިޔާ ބަހައިފި

މޯލްޑިވްސް ޒަކާތު ހައުސްއިން މި އަހަރުގެ މުދަލު ޒަކާތުގެ ފައިސާ، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ މީހުންގެ އެކައުންޓްތަކަށް ޖަމާކޮށް ނިންމާލައިފިއެވެ.

ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި، މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހުނު ބޮޑު މި އަދަދަކީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވާ އަދަދެކެވެ.

މި ފަހަރު ޒަކާތުގެ ފައިސާ ދޫކޮށްފައިވަނީ 1447 ވަނަ އަހަރުގެ ޙައްޖު މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އެގޮތުން މި ދަފުތަރުގައި ހިމެނޭ ޖުމުލަ 2،384 މީހުންނަށް ޒަކާތުގެ ފައިސާ ވަނީ ފޯރުކޮށްދީފައެވެ.

މި ބެހުމުގެ ތެރެއިން މުދަލު ޒަކާތުގެ ފަންޑުން ޖުމުލަ 13,112,000 (ތޭރަ މިލިއަން އެއްލައްކަ ބާރަހާސް) ދިވެހި ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ޒަކާތު ހައުސްއިން ފާހަގަކުރި ގޮތުގައި މިއީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް އެންމެ ގިނައިން ފައިސާ ދޫކުރެވުނު އެއް ފަހަރެވެ.