ވޯލްޑް ކަޕް 2026: މެކްސިކޯ އަދި ދެކުނު އެފްރިކާ މެޗު؛ ދެ ޓީމުގެ ކޯޗުންގެ ބަހަކީ ކޮބާ؟
ދުނިޔޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕް މިރޭ ފަށާއިރު، މި ފުރަތަމަ މެޗުގައި ބައްދަލުކުރަނީ މުބާރާތް ބާއްވާ އެއްގައުމު މެކްސިކޯ އާއި ދެކުނު އެފްރިކާއެވެ.
މިރޭގެ މެޗަށް ނުކުންނައިރު، ދެ ޓީމުގެ ކޯޗުން ގެވެސް އަޒުމަކީ ފުރަތަމަ މެޗުން މޮޅެއް ހޯދުމެވެ. އެގޮތުން ދެ ޓީމުގެ ކޯޗުން ވެސް ބުނީ އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރާ ހާލުގައި ރީތި ކުޅުމެއް ދައްކައިގެން މަސައްކަތް ކުރާނީ މޮޅެއް ހޯދުމަށް ކަމަށެވެ.
މެކްސިކޯގެ ކޯޗު ހަވިއޭ އަގީރޭގެ ބަސް
މެކްސިކޯގެ ކޯޗު ހަވިއޭ އަގީރޭ ބުނީ އަމިއްލަ ގައުމުގައި ކުޅުނު ކަމުގައިވިޔަސް ސައުތު އެފްރިކާ އަކީ އާދައިގެ ޓީމެއްގެ ގޮތުުގައި ބަލައި މެޗު ފަސޭހަކޮށް ނުލާނެކަމަށެވެ. އަދި ދެކުނު އެފްރިކާއަކީ ފުޓުބޯޅައިގައި ގަދަ ބާރެއް ކަމަށާއި މި މެޗަކީ އުނދަގޫ މެޗަކަށް ވާނެ ކަަމަށެވެ. އެހެން ނަމަވެސް ނުކުންނަނީ އެ ޓީމު ބަލިކުރަން ކަމަށް އަގީރޭ ބުންޏެވެ.
"މި މުބާރާތުގައި ބަލި ޓީމެއް ނޯންނާނެ. އެއީ ޔަގީންކަމެއް،" އަގީރޭ ބުންޏެވެ.
އޭނާ ވަނީ ދެނުނު އެފްރިކާއަށް އިހުތިރާމް ކުރާކަން ފާހަގަކޮށް، މެޗަށް ފަރުވާކުޑަ ނުކުރުމަށް އިންޒާރު ދީފައެވެ.
އަޒްޓެކާ ސްޓޭޑިއަމްގައި 80،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި މެކްސިކޯ ޓީމަށް އިރުޝާދު ދިނުމަކީ ލިބޭ ޝަރަފެއް ކަމަށް އޭނާ ސިފަކުރިއެވެ. އަދި ދެކުނު އެފްރިކާއަކީ ވަރުގަދަ ޓީމެއް ކަމަށާއި، އެ ޓީމުގެ ކޯޗު ހޫގޯ ބްރޫސް ކުރަމުންދާ މަސައްކަތަށް އަގީރޭ ތައުރީފު ކުރިއެވެ.
ސައުތު އެފްރިކާގެ ކޯޗު ހޫގޯ ބްރޫސްގެ ތައްޔާރީތައް
ސައުތު އެފްރިކާގެ ކޯޗު ހޫގޯ ބްރޫސް ގަބޫލުކުރާ ގޮތުގައި މެޗުން މޮޅުވާނެ ކަމަށް ގިނަ ބަޔަކު ދެކެނީ މެކްސިކޯއެވެ. އެހެން ނަމަވެސް، އޭނާގެ ޓީމުން މިރޭ މެކްސިކޯ ސިއްސުވާލާނެއެވެ. ބްރޫސް ބުނީ މެކްސިކޯ ސިޓީގެ ފަރުބަދަތަކުގެ އުސްމިނަށް ހޭނުމަށްޓަކައި ޓީމު މާކުރިން އެ ގައުމަށް ގޮސް ފަރިތަކުރުންތައް ފަށާފައިވާ ކަމަށާއި، މެކްސިކޯގެ ކުޅުން ވަރަށް ގާތުން މިހާރު ދިރާސާކޮށްފައިވާ ކަމަށެވެ.
Ads by BMLބެލްޖިއަމަށް ނިސްބަތްވާ ކޯޗު ބުނީ އޭނާގެ ކުޅުންތެރިން "ސިންގާތަކެއް ފަދައިން ހަނގުރާމަ ކުރާނެ" ކަމަށެވެ. އަދި މެޗުން މޮޅުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުނުކުރުމަކީ ދެކުނު އެފްރިކާއަށް ލިބޭ ފައިދާއެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
މެކްސިކޯ އޮތީ އިތުބާރާއެކު ނަމަވެސް އިދިކޮޅަށް ނުކުންނަނީ ވަރުގަދަ ޓީމެއްކަމަށް ވަރަށް ބޮޑަށް ސަމާލުވެގެންނެވެ. އެ ޓީމުގެ އަމާޒަކީ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ތާރީޚީ މޮޅެއް ހޯދުމެވެ. އަނެއްކޮޅުން ދެކުނު އެފްރިކާ އުއްމީދު ކުރަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މެކްސިކޯއާ 1-1 އިން އެއްވަރުކޮށް ދެއްކި ފަދަ ހައިރާންކުރުވަނިވި ނަތީޖާއެއް މިރޭވެސް ނެރުމަށެވެ.
މިރޭ ތާރީޚީ އެސްޓާޑިއޯ އަޒްޓެކާގައި ކުޅޭ މި މެޗަކީ ފޯރިގަދަ އަދި އަސަރުގަދަ ކުރިމަތިލުމަކަށް ވާނެ ކަމަށް ބެލެވެއެވެ.
މި ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12:00 ގައެވެ.
Ads by MACL
