މި އަހަރުގެ ޔޫއެފާ ސުޕަ ކަޕް ފައިނަލްގެ ރެފްރީއަކަށް ވޯލްޑް ކަޕުން ބާކީ ކޮށްލި އުމަރު އަރްތާން ހަމަޖައްސައިފި
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފާ ސުޕަ ކަޕް ފައިނަލް މެޗުގެ ރެފްރީއަކަށް ސޯމާލިއާގެ އުމަރު އަރްތާން ހަމަޖައްސައިފިކަން ޔޫއެފާއިން މިއަދު އިއުލާނުކޮށްފިއެވެ.
އޮސްޓްރިއާގެ ސާލްޒްބާގްގައި ކުޅުމަށް ހަމަޖެހިފައިވާ މި ފައިނަލް މެޗުގައި ބައްދަލުކުރާނީ އިނގިރޭސިވިލާތުގެ އެސްޓަން ވިލާ އާއި ފްރާންސްގެ ޕީއެސްޖީ އެވެ. މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ބޮޑު މުބާރާތެއްގެ ފައިނަލް މެޗެއްގައި ސޯމާލިއާގެ ރެފްރީއަކު އިންސާފުކުރާ ފުރަތަމަ ފަހަރެވެ.
ޔޫއެފާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އުމަރު އަރްތާން މި މެޗަށް ހޮވާފައިވަނީ އޭނާގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި ދަނޑުމަތީގައި ދައްކަމުންދާ ހުނަރުވެރިކަމަށް ބެލުމަށްފަހު ކަމަށެވެ.
Ads by BMLމި ނިންމުމަކީ އެފްރިކާގެ ރެފްރީންނަށް ބައިނަލްއަގުވާމީ މައިދާނުގައި ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.
Ads by MACL
