ވޯލްޑް ކަޕް 2026: ޗެޗިއާ މާޔޫސްކޮށްލައި ފަހަތުން އަރައި ދެކުުނު ކޮރެއާއިން މޮޅުހޯދައިފި
ރޭ ފެށި ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އޭގެ ދެވަނަ މެޗުގައި ފަހަތުން އަރައި ދެކުނު ކޮރެއާއިން 2-1 އިން ޗެކިއާ ބަލިކޮށްފިއެވެ.
މެކްސިކޯގެ ގުއަޑަލަހާރާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ކޮރެއާ މޮޅުވީ އެއް ލަނޑުގެ ލީޑެއްގައި ޗެކިއާ އޮއްވައި ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.
ޗެކިއާ މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ އަހަރުތަކެއް މެދުކެނޑުމަކަށް ފަހުއެވެ. 2006 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއްގެ އިންތިޒާރުގައި ތިބި ޗެކިއާއަށް މިފަހަރު އެކަން ހާސިލްވި އިރު، އަނެއްކޮޅުން ނުކުތް ދެކުނު ކޮރެއާއަކީ 1986 ވަނަ އަހަރުން 2022 ވަނަ އަހަރާ ހަމައަށް ކޮންމެ ވޯލްޑް ކަޕެއްގައިވެސް ވާދަކޮށްފައި އޮތް ތަޖުރިބާކާރު ގައުމެކެވެ. ކޮރެއާ، 2022 ވަނަ އަހަރު ކެޓީ ގަދަ 16 އިންނެވެ.
Ads by BMLދެކުނު ކޮރެއާއާއި ޗެކިއާ މިއަދުގެ ކުރިން އެންމެފަހުން ކުޅެފައި ވަނީ 2016 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައެވެ. އެމެޗުން ކޮރެއާ މޮޅުވީ 2-1 އިންނެވެ.
ދެ ޓީމުންވެސް މެޗު ފެށީ ވަރަށް ފޯރިއާއި އެކު މޮޅު ވުުމުގެ އަޒުމުގައި ވަރުގަދަ ކުޅުމަކުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ދެކުނު ކޮރެއާ އިން މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. މި ހަމަލާތަކުގެ މުގުލުގައި ހުރީ އެޓީމުގެ ކެޕްޓަން ސޮން ހިއުން-މިން އެވެ. ނަމަވެސް ސޮން އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭގޮތެއް ނުވިއެވެ. ކޮރެއާގެ ޓައި-ސީކް ލޫ ފޮނުވާލި ބާރު ހަމަލާއެއް ޗެކިއާގެ ކީޕަރު މަޓޭޖް ކޮވާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ފުރަތަމަ ހާފުގައި ޗެކިއާ ހާސްކޮށްލައި ކޮރެއާއިން ނުރައްކާކޮށް، ދެވަނަ ހާފަށް ނުކުތީވެސް އެ ސްޕީޑުގައެވެ. އަވަސް އަވަސްކޮށް ހަމަލާތައް އުފެއްދި އިރު، އަނެއްކާވެސް ސޮންއަށް ފުރުސަތު ލިބި ބޭކާރުވިއެވެ. ސޮން އެފަހަރު ފޮނުވާލި ހަމަލާވެސް މަތަކުރީ ކީޕަރު ކޯވާއެވެ.
އެހެން ދަނިކޮށް، އެންމެން ހައިރާން ކޮށްލައި، ކޯނަރެއްގައި ލީޑު ނެގީ ޗެކިއާއެވެ. މެޗުގެ 59 ވަނަ މިނެޓުގައި ކޯނަރަކަށް އަރައި ބޮލުން ބޯޅަ ގޯލަށް ވައްދާލީ ކެޕްޓަން ލަޑިސްލާވް ކްރޭޗީއެވެ.
ދެވަނަ ހާފު ފަށައިގެންވެސް ކޮރެއާ އިން ނުރައްކާ ކުރަމުން ދަނިކޮށް، މެޗުގެ 59 ވަނަ މިނެޓުގައި އެންމެން ހައިރާންކޮށްލުމަށްފަހު ލީޑު ނެގީ ޗެކިއާ އިންނެވެ. މި ލަނޑު ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ޖަހައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ލަޑިސްލާވް ކްރޭޗީ އެވެ. ނަމަވެސް މި ލަނޑާއެކު ކޮރެއާ މާޔޫސްނުވެ ކުޅުން ވަރުގަދަކުރިއެވެ. ނަތީޖާއަކަށްވީ 10 މިނެޓު ނުވަނީސް ވޭންގް އިން-ބެއޮމް ކޮރެއާއަށް ނަތީޖާ އެއްވަރުކޮށްދިނުމެވެ.
މެޗުގެ ފޯރިގަދަވެގެން ދިޔަ ވަގުތު، 77 ވަނަ މިނެޓުގައި ޗެކިއާގެ ތޯމަސް ސޯޗެކް ލަނޑެއް ޖެހި ނަމަވެސް، އޮފްސައިޑްވުމުގެ ސަބަބުން އެ ލަނޑު ބަލައެއް ނުގަތެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ކޮރެއާ އިން ވަނީ ދެވަނަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގާފައެވެ. އަރިމަތިން ނެގި ހުރަހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޔެއޮން ޔޫ އޯ އެވެ.
މެޗުގެ ފަހުކޮޅު ޗެކިއާ އިން ނަތީޖާ އެއްވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ބަދަލު ކުޅުންތެރިން ކަމަށްވާ އެޑަމް ލޯޒެކް އާއި މިޝާލް ސަޑިލެކް ފޮނުވާލި ނުރައްކާތެރި ހަމަލާތައް ދިފާއުކޮށް، ކޮރެއާ ސަލާމަތްކޮށްދިނީ އެޓީމުގެ ކީޕަރު ކިމް ސެއުން ޔޫ އެވެ. މިއީ 2006 ވަނަ އަހަރަށްފަހު ވޯލްޑް ކަޕަށް ކޮލިފައިވި ޗެކިއާއަށް ލިބުނު ބޮޑު މާޔޫސްކަމެކެވެ. އަނެއްކޮޅުން މިއީ 2016 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗަށްފަހު މި ދެޓީމު ބައްދަލުކުރި ފުރަތަމަ ފަހަރެވެ.
Ads by MACL
