ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެނބުރި އައުންގަނޑު ކިހިނެއް؟ މީކާއިލް ބަލިކުރީ ކިހިލި ޖަހައިގެން!

އެނބުރި އައުންގަނޑު ކިހިނެއް؟ މީކާއިލް ބަލިކުރީ ކިހިލި ޖަހައިގެން!

އިދިކޮޅު މައި ބާރު، އެމްޑީޕީގެ އެންމެ ނުފޫޒުގަދަ އަދި އެންމެ އިސް މަގާމު ކަމަށްވާ ޗެއާޕާސަންގެ މަގާމު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ކާމިޔާބު ކުރައްވައިފިއެވެ. މިއީ ސިޔާސީ މައިދާނަށް އެމަނިކުފާނު ވަރުގަދަ އެނބުރިައައުމަކުން ވަޑައިގެން، ޕާޓީގެ ކޮންޓްރޯލް އަލުން ހޯއްދެވި ބޮޑު ކާމިޔާބީއެކެވެ.

މި އިންތިހާބުގައި ރައީސް ނަޝީދާ ވާދަކުރެއްވީ އެމްޑީޕީގެ ޒުވާން ލީޑަރެއް ކަމަށްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. ނަމަވެސް، ވޯޓު ގުނުމުގެ ކުރީކޮޅުން ފެށިގެން ވެސް ރައީސް ނަޝީދު ވަނީ ބޮޑު އަޣްލަބިއްޔަތަކުން ކުރިހޯއްދަވައި، މީކާއިލްގެ މައްޗަށް ކުރިމަތިލެއްވުން ހަނިކުރައްވާފައެވެ.

މިހާތަނަށް ލިބިފައިވާ ރަސްމީ ނަތީޖާތަކަށް ބަލާއިރު:

  • ރައީސް މުހައްމަދު ނަޝީދު: 4،722 ވޯޓު

  • މީކާއިލް އަހުމަދު ނަސީމް: 1،850 ވޯޓު

ދެ ބޭފުޅުންގެ ދެމެދުގައި 2,872 ވޯޓުގެ ބޮޑު ފަރަގެއް އޮތުމުން، މީކާއިލްއަށް މި ރޭހުގައި ދެން ނަޝީދާ އަރާ ހަމަކުރުމުގެ ފުރުސަތު ވަނީ މުޅިން ބަންދުވެފައެވެ. މިސާލެއްގެ ގޮތުން ގއ. ނަޑެއްލާ ފަދަ ދާއިރާތަކުން ނަޝީދު ވަނީ 107 ވޯޓު ހޯއްދަވާފައެވެ. އެއާ ޚިލާފަށް މީކާއިލްއަށް އެ ރަށުން ލިބިވަޑައިގަތީ އެންމެ 3 ވޯޓެވެ.

މި ބޮޑު ކާމިޔާބީއާ އެކު، ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ދަނީ މަގުތަކަށާއި ސޯޝަލް މީޑިއާއަށް ނުކުމެ ވަރަށް ފޯރިއާ އެކު އުފާފާޅުކުރަމުންނެވެ. އަދި ޕާޓީގެ އާ ޗެއާޕާސަނަށް މަރުހަބާގެ މެސެޖުތައް އޮހެމުން އެބަދެއެވެ.