ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވާދަވެރި އިންތިހާބުން ސަރުކާރަށް ބޮޑު މޮޅެއް، މީދޫ ގޮނޑި ސުހާ ކާމިޔާބުކޮށްފި!

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ވާދަކުރެއްވި ސުހާ ---
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ވާދަކުރެއްވި ސުހާ ---

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ފޯރިގަދަ އަދި އެހާމެ ވާދަވެރި އިންތިޚާބުގެ އިތުރު ބުރު ސަރުކާރު ހިންގާ ކޯލިޝަނުގެ ކެންޑިޑޭޓް ސުހާ ކާމިޔާބު ކުރައްވައި، ސަރުކާރަށް ބޮޑު ކާމިޔާބީއެއް ހޯއްދަވައިދެއްވައިފިއެވެ.

މި އިންތިޚާބަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓު އެއްވަރުވުމާ ގުޅިގެން، ކައުންސިލްގެ ރައީސް ހޮވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ޚާއްޞަކޮށްގެން ބޭއްވި އިތުރު ބުރެކެވެ. މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދިޔަ މި ވޯޓުލުމުގައި މީދޫގެ އިތުރުން މާލޭގައި ދިރިއުޅޭ އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ފޯރިއާއެކު ވޯޓުލުމުގައި ބައިވެރިވެފައެވެ.

މި ފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 1049 މީހުން ތިބިއިރު، މީދޫގައި ދެ ވޯޓު ފޮށި އަދި މާލޭގެ ދަރުމަވަންތަ ސްކޫލުގައި އެއް ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. ސަރުކާރު ތަމްސީލުކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ ކެންޑިޑޭޓާ ދެމެދު ކުރެވުނު މި ގަދަ ހިފުމުގައި ސުހާ ކުރިހޯއްދެވީ ރަށުންނާއި މާލެއިންވެސް ބޮޑު ތަރުޙީބެއް ހޯއްދަވައިގެންނެވެ.

މި ގޮނޑި ސަރުކާރު ކޯލިޝަނުން ކާމިޔާބު ކުރުމަކީ ސިޔާސީ ގޮތުން ސަރުކާރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. އަދި މިއީ ކުރިއަށް އޮތް ތަނުގައި މީދޫގެ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ރައްޔިތުން ސަރުކާރަށް ދިން ވަރުގަދަ މެންޑޭޓެއް ކަމަށްވެސް ބެލެވެއެވެ.