ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންތިޚާބު ކާމިޔާބުކުރެއްވި ސުހާއަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

އިންތިޚާބު ކާމިޔާބުކުރެއްވި ސުހާއަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ޚާއްޞަ ބުރު، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސުހާއަށް ތަހުނިޔާ ފޮނުއްވުމުގެ އިތުރުން، މި އިންތިޚާބުގައި ވޯޓުލީ ހުރިހާ ރައްޔިތުންނަށާއި، ޕީއެންސީއަށް މި ކާމިޔާބީ ހޯދައިދިނުމަށް ކެމްޕޭނުގައި ބުރަކޮށް މަސައްކަތް ކުރެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

https://twitter.com/MMuizzu/status/2065784491487232200

މި ފޯރިގަދަ އިންތިޚާބުގައި ޖުމްލަ 985 މީހުން ވޯޓުލާފައިވާއިރު، ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް ލިބިވަޑައިގަތީ 529 ވޯޓެވެ. ސުހާއާ ވާދަކުރެއްވި އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބިވަޑައިގަތީ 449 ވޯޓެވެ.

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް މިއަދު އަލުން ވޯޓުލުން ބާއްވަން ޖެހުނީ، ކުރިން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެރަށުގެ ފޮއްޓަކުން ސައްޙަ ވޯޓެއްގެ މައްސަލާގައި ކޯޓުން ކުރި ޙުކުމަކާ ގުޅިގެން ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމުންނެވެ. އިންތިޚާބުގެ ކަންކަން ނިމި، ސުހާ މިވަނީ ބޮޑު އަޣުލަބިއްޔަތަކުން މި ގޮނޑި ކާމިޔާބު ކުރައްވާފައެވެ.