ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕާކިސްތާނުގެ ހަމަލާތަކުގައި އިންޑިއާގެ 50 ސިފައިން މަރާލައިފި

ޕާކިސްތާނުގެ ހަމަލާތަކުގައި އިންޑިއާގެ 50 ސިފައިން މަރާލައިފި

ޝްމީރު ބައިކުރާ ލައިން އޮފް ކޮންޓްރޯލް ސަރަހައްދުގައި ޕާކިސްތާނުގެ ސިފައިން ދިން ހަމަލާތަކުގައި އިންޑިއާގެ 40-50 ސިފައިން މަރާލާފައިވާ ކަމަށް ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތާއުالله ތަރާރު ވިދާޅުވެއްޖެއެވެ.

އޭނާ މި ވާހަކަތައް ދައްކަވާފައިވަނީ ނެޝަނަލް އެސެމްބްލީގައި މެންބަރުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅެއްގައެވެ.

މި ހަމަލާއާއި ގުޅޭގޮތުން އިންޑިއާއިން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ސިފައިން މަރުވިތޯ ވެސް ކަށަވަރުކޮށްދީފައި ނުވެއެވެ.