އީސީގެ މެމްބަރުކަމަށް ޝަކީލް އައްޔަންކުރަނީ
އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް އައްޔަން ކުރުމަށްޓަކައި ރުހުން ހޯދުމަށް މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.
އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ، ނިމިދިޔަ ކައުންސިލް އިންތިހާބުގެ ނާތީޖާއަށް ފަހު، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ..
އެއާ އެކު ޝަކީލް އެ މަގާމަށް އައްޔަން ކުރަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ޝަކީލް އެ މަގާމަށް އައްޔަންކުރަން ރައީސް ފޮނުއްވި ސިޓީ ވަނީ އިއްވައިފަ އެވެ. އެ ސިޓީގައި އެ މަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް ވެސް ހިމަނާފައިވެ އެވެ. ނަމަވެސް ރައީސް އިހްތިޔާރު ކުރެއްވީ ހަމައެކަނި ޝަކީލް އެވެ.
Ads by MACL
