ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕާކިސްތާނުން އިތުރަށް ހަމަލާދީފި ނަމަ ކަންތައްތައް ވަރަށް ގޯސްވާނެ: އިންޑިއާ

ޕާކިސްތާނުން އިތުރަށް ހަމަލާދީފި ނަމަ ކަންތައްތައް ވަރަށް ގޯސްވާނެ: އިންޑިއާ

ޕާކިސްތާނުން އިތުރަށް އަޅާ ކޮންމެ ފިޔަވަޅަކީ ކަންތައް ގޯސްވުމަށް މަގުފަހިކުރުން ކަމުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިދާޅުވެއްޖެއެވެ.










އަދި އިންޑިއާގެ އަސާސީ ވަސީލަތްތަކަށް އެއްވެސް ހަމަލާއެއް ދީފިނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އިސްލާމާބާދުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން މި ބަޔާނުގައި އިންޑިއާގެ އިސް ޑިޕްލޮމެޓް ވަނީ ޕާކިސްތާނަށް ސީދާ އިންޒާރެއް ދެއްވާފައެވެ. އެއީ ޕާކިސްތާނުން އިތުރު އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ، ނުވަތަ އިންޑިއާގެ އަސާސީ ވަސީލަތްތަކަށް ހަމަލާއެއް ދީފިނަމަނަމަ، އޭގެ ނަތީޖާ ނުރަނގަޅުވާނެ ކަމަށް ބުނެ ދެއްވާފައިވާ އިންޒާރެކެވެ.

މީގެން ދޭހަވަނީ ދެ ޤައުމުގެ ދެމެދުގައި މިވަގުތު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާކަމެވެ.