ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް 2026: އުމުރަކީ ހަމަ ނަމްބަރެއް؛ ހެޓްރިކެއް ހަދައި މެސީ ސާބިތުކޮށްދިނީ އެކަން!

ވޯލްޑް ކަޕް 2026: އުމުރަކީ ހަމަ ނަމްބަރެއް؛ ހެޓްރިކެއް ހަދައި މެސީ ސާބިތުކޮށްދިނީ އެކަން!

ލިއޮނެލް މެސީގެ ހެޓްރިކާއެކު އާޖެންޓީނާއިން އަލްޖީރިއާ ބަލިކޮށްފިއެވެ.

ވޯލްޑްކަޕް ގްރޫޕް ޖޭގައި މިއަދު ހެނދުނު ކުޅުނު މިމެޗް އަލްޖީރިއާގެ މައްޗަށް އާޖެންޓީނާއިން ކުރި ހޯދީ 3-0 ގެނަތީޖާއިންނެވެ.

މިމެޗްގައި ހުރިހާ ގޮތަކުންވެސް ތަރިއަކަށްވީ އާޖެންޓީނާގެ ލިއޮނެލް މެސީއެވެ. އޭނާ ވަނީ ތިންލަނޑު ޖަހައި ހެޓްރިކް ހެދުމުގެ އިތުރުން މުޅި މެޗްގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗް ފަށައިގެން އަށްވަނަ މިނެޓް ތެރޭގައި އަލްޖީރިއާއިން ލަނޑެއް ޖެހިނަމަވެސް ވީއާރު ބެލުމަށްފަހު ރެފްރީވަނީ އެއީ ލަނޑެއް ނޫންކަމަށް ނިންމާފައެވެ.

މެޗްގައި ފެނިގެންދިޔަ އާޖެންޓީނާގެ ފުރަތަމަ ލަނޑު މެސީ ޖަހާފައިވަނީ، 17 ވަނަ މިނެޓް ތެރޭގައެވެ. ދެވަނަ ލަނޑު 60 ވަނަ މިެނޓް ގައި ޖެހިއިރު، ތިންވަނަ ލަނޑު ޖަހާފައިވަނީ، 76 ވަނަ މިނެޓް ތެރޭގައެވެ. ތިންވަނަ ލަނޑު ޖެހިތާ އިރުކޮޅެއްގެ ތެރޭގައި ކޯޗް ވަނީ މެސީ ބަދަލުކޮށްފައެވެ.

މެޗްގައި އަލްޖީރިއާގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް މެސީ ފޮނުވާލާފައިވާއިރު، މީގެ ތެރެއިން ބައެއް ހަމަލާތައް އަލްޖީރިއާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ