ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބޭސްފަރުވާއަށް ޔޫއޭއީ އާއި ތައިލެންޑަށް ފޮނުވަން ފަށައިފި
އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާ ކުރުމަށް ޔޫއޭއީ އާއި ތައިލެންޑަށް ފޮނުވަން މިއަދު ފަށައިފި އެވެ.
އާސަންދައިގެ ޚިދުމަތް ފުޅާކޮށް، ޔޫއޭއީއާއި ތައިލެންޑުން ބޭސްފަރުވާގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވައުދުފުޅެކެވެ.
އާސަންދަގެ ހިދުމަތް ދިނުމަށް ޔޫއޭއީގެ އެއް ހޮސްޕިޓަލާއި ބެންކޮކްގެ ދެ ހޮސްޕިޓަލަކާ އެކު އާސަންދަ ކުންފުނިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއީ، ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގެ ބުރްޖީލް މެޑިކަލް ސިޓީ އާއި ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ވޯލްޑް މެޑިކަލް ހޮސްޕިޓަލާއި ބެންކޮކް ހޮސްޕިޓަލާ އެކުގަ އެވެ.
Ads by BMLއާސަންދައިގެ އެހީގައި އެހެން ޤައުމުތަކުން ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ބައްޔަށް ކުރިއެރުމެއް ނާންނަކަމުގައިވާނަމަ އިތުރު ޑޮކްޓަރުންގެ ޚިޔާލު ނުވަތަ އޮޕީނިއަން ހޯދުމުގެ މަގު ތައިލެންޑުގެ ހޮސްޕިޓަލުތައް މެދުވެރިކޮށް ފަހިވެގެންދާނެއެވެ.
މިދެޤައުމުގައި އާސަންދަ ދިނުމުގައިވެސް މިހާރުވެސް އާސަންދައިގެ އުސޫލުގެ ދަށުން ފޯރުކޮށްދޭ ބޭހުގެ ޚަރަދާއި، ޓިކެޓު އަދި ހުރުމާއި ކެއިންބުއިމުގެ ޚަރަދުތައް ލިބޭނެކަމަށް އާސައިންދައިން ބުނެއެވެ.
އާސަންދަ މެދުވެރިކޮށް ކިޑްނީ ޓްރާންސްޕްލާންޓްގެ ޚިދުމަތް ޔޫއޭއީގައި ލިބޭނެ އިންތިޒާމުވަނީ ހަމަ ޖައްސާފައެވެ.
އާސަންދައިން މިއަދު މީޑިއާތަކަށް މައުލޫމާތު ދިނުމަށް ބޭއްވި ސެޝަނެއްގައި ބުނީ މި ވަގުތު ޔޫއޭއީ އަށް ފޮނުވާނީ ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ޖެހިފައިވާ ބަލި މީހުން އެކަނި ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ ޔޫއޭއީގެ ހެލްތު ކައުންސިލުން ކަނޑައަޅާފައި އޮންނަ ހާއްސަ މިންގަނޑެއްގެ ތެރެއިން ފަސްޓް ޑިގްރީ ޑޯނާ ނޫނަސް، ދިވެއްސެއް ނުވަތަ މުސްލިމަކު ކަމުގައިވާ ނަމަ، ދުރު މީހަކަށް ވެސް ކިޑްނީ ޑޮނޭޓްކުރުމުގެ ހުއްދަ އެ ގައުމުގައި ދޭތީ ކަމަށް އާސަންދައިން ބުންޏެވެ.
ފަރުވާއަށް ތައިލެންޑަށް ފޮނުވުމުގައި މި ވަގުތު އިސްކަންދޭނީ އެއް ބައްޔަކަށް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާކުރަން ޖެހި، ބަލި ފަސޭހަ ނުވެފައި ތިބޭ މީހުން ކަމަށް ވެސް އާސައިންދައިން ބުންޏެވެ.
އާސަންދައިން ބުނީ މިދެޤައުމުގައި އާސަންދަ ދިނުމުގައިވެސް މިހާރުވެސް އާސަންދައިގެ އުސޫލުގެ ދަށުން ފޯރުކޮށްދޭ ބޭހުގެ ޚަރަދާއި، ޓިކެޓު އަދި ހުރުމާއި ކެއިންބުއިމުގެ ޚަރަދުތައް ލިބޭނެކަމަށެވެ. ހަމައެއާއެކު ޔޫއޭއީއަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށްދާ ޑޯނާއަށްވެސް ޓިކެޓާއި ހުރުމުގެ ޚަރަދު ހަމަޖެހިގެންދާނެކަމަށް އާސަންދައިން ބުނެއެވެ.
Ads by MACL
