ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޣައްޒާގައި ޔަހޫދީ ސިފައިންގެ ފައުޖެއް މަރާލައިފި

ޣައްޒާގައި ޔަހޫދީ ސިފައިންގެ ފައުޖެއް މަރާލައިފި

ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ތެރޭގައި، ޣައްޒާގައި ހަރަކާތްތެރިވަމުންދާ ޤަސާމް މުޖާހިދުން ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ ފައުޖެއް މަރާލައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިހާތަނަށް 7 ސިފައިން މަރުވ ކަމަށް ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން، ހަތް ސިފައިންނަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން ހަތަރު ސިފައިންގެ ޙާލަތު ވަރަށް ބޮޑަށް ސީރިއަސްވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. އަދި އިތުރު ތިން ސިފައިން އިމާރާތުގެ ތެރޭގައި ތާށިވެފައިވާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ތާށިވެފައިވާ ސިފައިންގެ ޞިއްޙީ ޙާލަތާ ބެހޭ އެއްވެސް މަޢުލޫމާތެއް މިވަގުތު ލިބިފައެއް ނުވެއެވެ. އަދި އެ ސިފައިން ސަލާމަތްކުރެވޭނެ ވަކި ވަގުތެއްވެސް މިހާތަނަށް ކަނޑައެޅިފައެއް ނުވެއެވެ.

ރަފާޙްގައި ހިނގަމުންދާ މި ނުރައްކާތެރި ޙާލަތުގައި، އިމާރާތްތަކުގެ ވެއްޓިފައިވާ ސަރަޙައްދުތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް ރިޕޯޓުތަކުން ދޭހަވެއެވެ.