ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސްރީލަންކާގެ މަސްބޯޓެއް އިންޖީނު ހުއްޓި އޮޔާ ދަނީ، ސިފައިންދަނީ ގާތުން މޮނިޓަރ ކުރަމުން!

ސްރީލަންކާގެ މަސްބޯޓެއް އިންޖީނު ހުއްޓި އޮޔާ ދަނީ، ސިފައިންދަނީ ގާތުން މޮނިޓަރ ކުރަމުން!
ސްރީލަންކާގެ މަސްބޯޓެއް އިންޖީން ހުއްޓި އޮޔާދާތީ ސަމާލުވުމަށް ސިފައިން އެދެފިއެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުން އައްޑު އަތޮޅު ހުޅަނގުން ސްރީލަންކާގެ މަސްބޯޓެއް އިންޖީނު ހުއްޓި އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ އެ ބޯޓްގެ ކަންކަން ވަރަށް ގާތުން ބަލައި މޮނީޓަރ ކުރަމުން
ކަމަށެވެ.
މި ބޯޓް މިހާރު އޮތީ ސ.ހިތަދޫގެ ހުޅަނގުން 70 ނޯޓިކަލް މޭލު ބޭރުގައެވެ.
އަދި އެ އުޅަނދު އޮޔާ އަންނަނީ އައްޑޫސިޓީ ހިތަދޫ ކޯއްޓޭއާ ދިމާލަށެވެ.
މި ބޯޓަކީ ފެހިކުލައާއި ނޫކުލަ ލާފައިވާ އުޅަނދެކެވެ. ބޯޓްގެ ފަޅުވެރިންގެ ހާލު ރަނގަޅުކަމަށް މި ބޯޓުން މަޢުލޫމާތު ދެއެވެ.