ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕޯޗުގަލް ފަހަތުގެ މައި ތަނބު، ރުބެން ޑިއާޒް ފަރިތަކުރުންތަކަށް؛ އުޒުބެކިސްތާނާއި ދެކޮޅަށް ކުޅޭނެ

ޕޯޗުގަލް ފަހަތުގެ މައި ތަނބު، ރުބެން ޑިއާޒް ފަރިތަކުރުންތަކަށް؛ އުޒުބެކިސްތާނާއި ދެކޮޅަށް ކުޅޭނެ

ޕޯޗުގަލްގެ ގައުމީ ޓީމުގެ މުޅި ފަހަތް އެ ކުޅުންތެރިއަކަށް ބިނާވެފައިވާ ވަރުގަދަ ޑިފެންޑަރު ރުބެން ޑިއާޒް އަނިޔާއިން ސަލާމަތްވެ، އަލުން ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ. މިއީ ކުރިއަށް އޮތް އުޒްބެކިސްތާނު މެޗަށް ތައްޔާރުވަމުންދާ ޕޯޗުގަލްގެ ސަޕޯޓަރުންނަށް ލިބުނު ވަރަށް އުފާވެރި ޚަބަރެކެވެ.

މިދިޔަ ދުވަސްތަކުގައި އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ޑިއާޒް މިހާރު ވަނީ ޓީމުގެ ފަރިތަކުރުންތަކުގައި ފުރިހަމައަށް ބައިވެރިވާން ފަށާފައެވެ. އޭނާ އެނބުރި އައުމަކީ ޕޯޗުގަލްގެ ފަހަތް ވަރުގަދަވެ، ޓީމަށް ލިބިގެންދާނެ ބޮޑު ހިތްވަރެކެވެ.

މީގެ އިތުރުން، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ހުރީ އުޒްބެކިސްތާނާ ދެކޮޅަށް ކުޅޭ މެޗަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ރޮނާލްޑޯ ދަނީ ޓީމުގެ ކުރީސަފުން އިސްވެ، މި މެޗުން މޮޅުވުމަށް ބޭނުންވާ ފުރިހަމަ ތައްޔާރީތައް ވަމުންނެވެ.

ޕޯޗުގަލް އާއި އުޒްބެކިސްތާނު ބައްދަލުކުރާ މި މެޗަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މެޗެކެވެ. ޓީމުގެ މުހިންމު ކުޅުންތެރިން ފިޓްކޮށް ތިބުމަކީ ކޯޗަށާއި މުޅި ޓީމަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ޑީއާރް ކޮންގޯއާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗު ވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ.

ގުރޫޕް ސްޓޭޖުގެ ދެވަނަ މެވަނަ މެޗުގައި ޕޯޗުގަލް ނުކުންނާނީ އުޒުބެކިސްތާނާއި ދެކޮޅަށެވެ، މި މެޗު ކުޅޭނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ރާއްޖޭގެ ގަޑިން 10:00 ގައިއެވެ.