ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިއަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް، އެއާޕޯޓުން ހޫނު މަރުހަބާއެއް!

މިއަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް، އެއާޕޯޓުން ހޫނު މަރުހަބާއެއް!

މި އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އައުމާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް ވަރަށް ޚާއްސަ އަދި ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ޝަރަފްވެރި މި ފަތުރުވެރިޔާއަކީ ސްޕެއިނަށް ނިސްބަތްވާ ރައްޔިތެއް ކަމަށްވާ އަލްމުދެންޔާ އަރްޓޯނިއޯ އެސްޕާރްސާއެވެ. ޤަޠަރު އެއާވޭސްގެ މަތިންދާބޯޓަކުން އޭނާ ރާއްޖެ އައި ވަގުތު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި، ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އާއި ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެން އޭނާއަށް މަރުހަބާ ދެންނެވިއެވެ.

ފާއިތުވި އަހަރާ އަޅާބަލާއިރު މިއަހަރު އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ ކުޑަތަންކޮޅެއް ލަހުންނެވެ. މިދިޔަ އަހަރު ޖޫން މަހުގެ ކުރީކޮޅު މި އަދަދު ހަމަވިއިރު، މިއަހަރު މި ދުވަސްވަރަށް ދިގުލައިގެން ދިޔުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އައިސްފައިވާ ބަދަލުތަކެވެ.

އެހެންނަމަވެސް، މި ހާލަތުން އަރައިގަނެ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ސަރުކާރާއި ސިނާއަތުގެ ހިއްސާދާރުން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސަރުކާރުގެ ބޮޑު އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ޖުމްލަ 2.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.