ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މ. އަތޮޅުގެ 8 ރަށެއްގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މ. އަތޮޅުގެ 8 ރަށެއްގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މ. މުލި، ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލައް، ނާލާފުށި، ރަތްމަންދޫ އަދި ވޭވަށުގައި ފޯރުކޮށްދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ހަވާލުކުރުމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ޚިދުމަތްތައް ދެމުންދިޔަ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޢަފީފް ޙުސެއިންއެވެ.

ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރުއެވެ.

މި ބަދަލާއެކު މ. އަތޮޅުގެ މި ރަށްތަކަށް ފޯރުކޮށްދޭ ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތްތަކުގެ ފެންވަރު މަތިވެ، ސްޓެލްކޯގެ ތަޖުރިބާކާރު ޓީމުގެ އެހީތެރިކަމާއެކު ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

ސްޓެލްކޯއަކީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކަރަންޓާއި ޔުޓިލިޓީގެ ޚިދުމަތްތައް އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުންދާ އެއް ކުންފުންޏެވެ.