މެސީ ކުރި ފައުލްގެ މައްސަލަ: އެންމެ ފަހުން މި މައްސަލައިގެ ފުރިހަމަ ޒިންމާނަގަން ޖެހުނީ "ވީއޭއާރު އޮފިޝަލުން"!
މިހާރު ފެށިގެން ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާ އާއި އަލްޖީރިއާ ބައްދަލުކުރި ފޯރިގަދަ މެޗުގައި ހިނގާދިޔަ މައްސަލައެއް ތަހުގީގު ކުރުމަށްފަހު، އެކަމުގައި މެޗު އިންސާފުކުރުމަށް ދަނޑުމަތީގައި ހުރި ރެފްރީގެ ކުށެއް ނެތް ކަމަށް ނިންމައިފިއެވެ.
އަލް ހަޔާތު ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ތަހުގީގު މިހާރު ވަނީ ނިންމާލާފައެވެ.
މި މައްސަލަ ދިމާވި ވަގުތު، ދަނޑުމަތީގައި ހުރި މައި ރެފްރީ ވަނީ އެ ހާދިސާ އަލުން ބަލައި ރިވިއު ކުރުމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ އޮފިޝަލުންގެ ކިބައިން އެދުފައެވެ. އެހެން ނަމަވެސް ވަނީ ކުޅުން ހުއްޓާލުމަށް ނުވަތަ އެ ހާދިސާ އިތުރަށް ބަލަން ނުޖެހޭ ކަމަށް ވީއޭއާރު ރެފްރީންގެ އޮފިޝަލުން ވަނީ ލަފާދީފައިކަމަށް ރިޕޯޓުކޮށްފައިވެއެވެ.
Ads by BML"އެވަގުތު މެޗު އިންސާފުކރަމުން ދިޔަ ދަނޑުމަތާގައި ހުރި ރެފްރީ ވީޑިއޯ އެސިސްޓަންޓް ރެފްރީ އޮފިޝަލުންނަށް އެކަން ބަލައިދޭނބް އެދުނު. އެހއން ނަމަވެސް އެ ފަރާތުން ވަނީ ކުޅުން ހުއްޓާލުމަށް ނުވަތަ އެ ހާދިސާ އިތުރަށް ބަލަން ނުޖެހޭ ކަމަށް ލަފާދީފަ." ރިޕޯޓުގައި ބުންޏެވެ.
މި ތަހުގީގަށް ފަހު ފީފާއިން ވަނީ މި ހާދިސާގައި ހިނގި ގޯހުގެ ފުރިހަމަ ޒިންމާ ވީއޭއާރު ރެފްރީ އުފުލަންޖެހޭނެ ކަމަށް ކަނޑައަޅާފައެވެ. މިއާއެކު، މައި ރެފްރީގެ ނިންމުންތަކަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ވަނީ ހައްލެއް ލިބިފައެވެ.
މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަމުންދަނީ މިއީ ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމަށް ކުރި ކަމެއްތޯ ނުވަތަ އިއްތިފާގަކުން ދިމާވި ކަމެއްތޯއެވެ. ފީފާއިން މި މައްސަލައިގައި އިތުރު ފިޔަވަޅެއް އަޅާނެ ކަމެއް އަދި ސާފެއް ނުވެއެވެ.
Ads by MACL
