ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމާ ގުޅޭ ޚާއްސަ ސަމިޓެއް ބާއްވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މުޅި ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެކަށައެޅުމަށް ޚާއްސަ ސަމިޓެއް ބޭއްވުމަށް ނިންމައިފިއެވެ.
މިސަމިޓު އޮންނާނީ މިމަހުގެ 9 އިން 11 އަށް ބާސެލޯ ނަސަންދުރާގައެވެ.
ދިވެހިރާއްޖެ 2.0 އަކީ، ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށްވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކޮށްގެން ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަސައްވުރެވެ.
Ads by BMLމިއީ ދައުލަތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އާންމު މައުލޫމާތާއި ދޭ ޚިދުމަތްތައް ހަލުވިކަމާއި އިތުބާރާއެކު ފޯރުކޮށްދީ، އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ޚިދުމަތް ދެމުންދާ ނިޒާމު ބަދަލުކުރަށް ކަނޑައަޅުއްވާފައިވާ ތަސައްވުރެކެވެ.
ޑިޖިޓަލް ވަޞީލަތްތަކުން ރާއްޖެއަށް ގެންނަން އުޅޭ ބަދަލު ބައްޓަންކޮށް، ފަރުމާކޮށްފައިވަނީ ރައްޔިތުންގެ މަންފާއާއި ލާބައަށްޓަކައި ރައްޔިތުންގެ ބައިވެރިވުމާއެކު، ދެފުށް ފެންނަ ހާމަކަން ބޮޑުގޮތެއްގައި މުއައްސަސާތައް ޖަވާބުދާރީ ކުރުވައި ޒިންމާދާރުކުރެވޭނެ ގޮތަށެވެ.
ދިވެހިރާއްޖެ 2.0ގެ ތަސައްވުރަށް އަމަލީ ސިފަ ގެނައުމަށްޓަކައި މައިގަނޑު 6 އަސާސެއް ކަނޑައަޅާފައިވެއެވެ.
މިއަސާސްތަކުގެ ތެރޭގައި ފަރުމާކުރެވޭ ކޮންމެ ޚިދުމަތަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދެވޭގޮތަށް ފަރުމާކުރެވޭ ޚިދުމަތަކަށް ހެދުމާއި، މުޖްތަމަޢުގެ ކޮންމެ ފަރުދަކަށްވެސް އެ ޚިދުމަތް ބޭނުން ކުރެވޭ ފަދަ ޚިދުމަތެއްގެ ގޮތުގައި ފަރުމާކުރުން ހިމެނެއެވެ.
އަދި މިއިން ކޮންމެ ޚިދުމަތަކީވެސް ރައްކާތެރިކަން ކަށަވަރުކުރެވޭ، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ފަރުމާކުރެވޭ ޚިދުމަތަކަށް ވާން ޖެހެއެވެ. އަދި މިއަސާސްތަކަކީ ރައްޔިތުންގެ މަންފާއާއި ލާބައަށްޓަކައި ރައްޔިތުންގެ ބައިވެރިވުމާއެކު، ދެފުށް ފެންނަ ހާމަކަން ބޮޑުގޮތެއްގައި މުއައްސަސާތައް ޖަވާބުދާރީ ކުރުވައި ޒިންމާދާރުކުރެވޭނެ ގޮތަށް ކަނޑައަޅާފައިވާ އަސާސްތަކެކެވެ.
Ads by MACL
