ހުޅުމާލޭގެ ފްލެޓެއްގެ މަތިން ވެއްޓުނު ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ފްލެޓެއްގެ މަތިން ފިރިހެން ކުއްޖަކު ވެއްޓި، އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ރޭ ހިނގި މި ހާދިސާގައި ވެއްޓިފައިވަނީ 16 އަހަރުގެ ކުއްޖެކެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، ހުޅުމާލެ ފޭސް 2 ގެ "އަމާން ދޯދި 5" ފްލެޓުގެ ދެވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް އެ ފަރާތަށް ލިބިފައިވަނީ ރޭ ދިމާވި 23:14 އެހައިކަންހާއިރުއެވެ.
Ads by BMLމި ހާދިސާ ހިނގުމާއެކު އެ ކުއްޖާ ވަނީ ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދޭން ފަށާފައެވެ. ނަމަވެސް އެ ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި އެ ތަނުން ހާމައެއް ނުކުރެއެވެ.
އެ ކުއްޖާ ފްލެޓުން ވެއްޓެން ދިމާވި ސަބަބެއް ވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
Ads by MACL
