ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިރޭގެ މެޗުގެ ކުރިން ހެރީ ކޭން ހުއްޓުވަން ގާނާގެ މަޝްހޫރު ސިހުރުވެރިއަކު މަސައްކަތް ފަށައިފި

މިރޭގެ މެޗުގެ ކުރިން ހެރީ ކޭން ހުއްޓުވަން ގާނާގެ މަޝްހޫރު ސިހުރުވެރިއަކު މަސައްކަތް ފަށައިފި

އިނގިރޭސިވިލާތާއި ގާނާ ބައްދަލުކުރާ މެޗުގެ ކުރިން، އިނގިރޭސި ކެޕްޓަން ހެރީ ކޭން ހުއްޓުވުމަށްޓަކައި އޭނާގެ "ރޫހާނީ ބާރުތައް" ބޭނުންކުރަމުންދާ ކަމަށް ގާނާގެ އެންމެ މަޝްހޫރު އެއް ސިހުރުވެރިޔާ ކަމަށްވާ ނާނާ ކުވާކޫ ބޮންސާމް ބުނެފިއެވެ.

ގާނާ އާއި އިނގެރޭސީން މިރޭ ބައްދަލުކުރާނެއެވެ. މިއީ މުބާރާތުގެ ދެވަނަ ބުރު ކަށަވަރުކުރުމަށް ކޮންމެ ޓީމަކަށް ވެސް މޮޅެއް ހޯދަން މަޖުބޫރު މެޗެކެވެ. ގާނާއަށް ވެސް މިރޭގެ މެޗު ވަރަށް މުހިންމެވެ. މިރޭގެ މެޗުން ބަލިވެއްޖެ ނަމަ ދެވަނަ ބުރުގެ އުންމީދު ގާތްގަނޑަކަށް ގާނާއަށް ގެއްލުނީއެވެ.

މިރޭގެ މެޗުން ގާނާ މޮޅުކުރުމަށް އިނގެރޭސި ޓީމުގެ ކެޕްޓަން ކޭން ހުޓުވުމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ބޮންސާމް ބުނީ، އޭނާ މިހާރު ދަނީ ހެރީ ކޭން ހުއްޓުވުމަށް މަސައްކަތް ކުރަމުންކަމަށެވެ. އަދި އޭނާގެ ކުޅަފދާނަކަން މީގެ ކުރިން ވެސް ދައްކާފައިވާ ކަމަށާއި އެކަން މިރޭ ވެސް ކުރާނޭ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން މިދަނީ ހެރީ ކޭންގެ މައްޗަށް ބާރުފޯރުވާ އޭނާ ހުއްޓުވަން މަސައްކަތް ކުރަމުން. އަހަރެންގެ ކުޅަދާނަކަން މީގެ ކުރިން ވެސް ވާނީ ދައްކާލާފައި. އެހެންކަމުން އޭނާ ހުއްޓުވުމަށް ކުރަންޖެހޭ ކަންތައްތައް އަހަންނަށް އެނގޭ،" އެ ކާހިނު މީހާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި މިއީ ކޭންއަށް ކުރިމަތިވާނެ ސީރިއަސް އަނިޔާއަކަށް ނުވި ނަމަވެސް، އެއީ އޭނާގެ ގައުމަށް މެޗުން މޮޅުވުމަށް އެހީތެރިވެދޭނެ ވަރުގެ ކަމަކަށް ވާނެއެވެ.

މި ސިހުރުވެރިޔާ ވަނީ މީގެ ކުރިން ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެކޮޅަށް ވެސް މިފަދަ "ސިހުރެއް" ހަދާފައިވާ ކަމަށް ދައުވާކޮށްފައެވެ.

މިއީ ހަގީގީ ސިހުރުވެރިކަމެއް ނުވަތަ ގަބޫލުކުރުންތަކެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމާމެދު ސުވާލު އުފެދުނު ނަމަވެސް، ދަނޑުމަތީގެ ކުޅުމުގެ ކުރިން ދަނޑުން ބޭރުގައި މިވަނީ ބޮޑު ބަހުސެއް ފެށިފައެވެ.