ވާދަވެރިންނަށް ރޮނާލްޑޯގެ ޖަވާބު: 2 ގޯލާއިއެކު ދުނިޔޭގެ ރެކޯޑު ފޮތަށް!
ފުޓްބޯޅައިގެ ތާރީޚުގައި މީގެ ކުރިން ދުވަހަކުވެސް ކުޅުންތެރިއަކަށް ހާސިލުކުރެވިފައި ނުވާ ފަދަ މަތިވެރި ޝަރަފެއް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ.
މިވަގުތު އުޒްބެކިސްތާނާ ދެކޮޅަށް ކުޅެމުންދާ މެޗުގައި ރޮނާލްޑޯ ޖެހި ލަނޑުތަކާއެކު، އޭނާ ވެގެން ގޮސްފައިވަނީ ތަފާތު 6 ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ދުނިޔޭގެ ފުރަތަމަ އަދި ހަމައެކަނި ކުޅުންތެރިޔާއަށެވެ.
އެމެރިކާގެ ހިއުސްޓަންގައި ހުންނަ އެން.އާރް.ޖީ ސްޓޭޑިއަމްގައި ކުޅުނު ގްރޫޕް 'ކޭ' ގެ މި މެޗުގައި ޕޯޗުގަލް އިން އުޒްބެކިސްތާން ކޮޅަށް ފުރަތަމަ ހާފުގަވި މިވަނީ 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯ މި މެޗުގައި ދެ ލަނޑު ކާމިޔާބުކުރިއެވެ. މިއާއެކު އޭނާ ވަނީ 2006، 2010، 2014، 2018، 2022 އަދި މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ލަނޑު ޖަހައިގެން އާދަޔާހިލާފު ރެކޯޑެއް ގާއިމުކޮށްފައެވެ.
Ads by BML
Ads by MACL
