ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސްޓެލްކޯ މުވައްޒަކަށް ހަމާދިން ޓްރާންސްފޯމަރު ވަގުގެ ވަނަވަރު ފުލުހުން ހާމަކޮށްފި

ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަން ކުރަން އުޅުނު މީހާ.. ފޮޓޯ:- ފުލުހުންގެ އިދާރާ
ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަން ކުރަން އުޅުނު މީހާ.. ފޮޓޯ:- ފުލުހުންގެ އިދާރާ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހަށްޓާފައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަން ކުރަން އުޅުނު މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ސްޓެލްކޯގެ ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުމާއި މާރާމާރީ ހިންގި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ށ. ބިލައްފެހި، ޗަނބޭލީގޭ އުމުރުން 37 އަހަރުގެ އިބްރާހީމް ޒަލީފެވެ.

ރޭ 9:30 ހާއިރު ކަރަންޓު ޓްރާންސްފޯމަރެއްގެ ތެރެއަށް ވަދެ ވައްކަން ކުރިކަން އެނގުނީ ނަރު ބުރިކޮށްލުމުން އެ ސަރަހައްދުގެ ފްލެޓްތަކުން ކަރަންޓު ކެނޑުމުންނެވެ.

ޓްރާންސްފޯމަރަށް ގެއްލުންދީ ވައްކަން ކުރި މީހާ ހުއްޓުވުމަށް، ސްޓެލްކޯ މުވައްޒަފުން ވަނީ ހަރަކާތްތެރިވެފައެވެ. އޭގެ ތެރެއިން މުވައްޒަފަކަށް ޒަލީފް ވަނީ ހަމަލާދީ މާރާމީ ހިންގާފައެވެ. ސްޓެލްކޯއިން ބުނީ އޭނާއަށް ސީރިއަސް އަނިޔާތަކެއް ނުލިބޭކަމަށާއި ލިބުނު ކުދި އަނިޔާތަކަށް ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާކަމަށެވެ.

ސްޓެލްކޯގެ މުވައްޒަފަކު އެތަނަށް ދިޔައިރު ދެ ވަގުން އެތަނުގައި އެވަގުތު ތިބި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެފައިވެ އެވެ. އަދި އެ މީހުން ހުއްޓުވަން މަސައްކަތް ކުރުމުން އެމީހުންގެ އަތުގައި އޮތް ރެންޗަކުން ޖަހައި މާރާމާރީ ހިންގި އެވެ. އަދި ފުލުހުން ހައްޔަރުކޮށްފައިވަނީ އެތަނުން އެކަކެވެ. ދެވަނަ މީހާވަނީ ފިލާފައެވެ.

މިހާދިސާއާއި ގުޅިގެން ސްޓެލްކޯ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ވަނީ އެކުންފުނީގެ މުވައްޒަފަކަށް ހަމަލާދިން މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ފަހުމީ ވަނީ މުވައްޒަފަށް ދިން ހަމަލާއަކީ ނުރައްކާތެރި ހަމަލާއެއް ކަމަށާއި، އެފަދަ ޢަމަލެއްގެ ސަބަބުން ދާއީމީ ނުކުޅެދުންތެރިކަމަކަށް ނުވަތަ ފުރާނައަށްވެސް ނުރައްކާ ވުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފައެވެ.