ސެޕްޓެމްބަރު 3 އަށް ތައްޔާރުވޭ! ޑާކްރެއިންގެ ޕްރޮޖެކްޓް 43 ގެ ކެމެރާ ހުޅުވާލައިފި!
ދިވެހި ސިނަމާގައި ބެލުންތެރިންގެ އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޑާކް ރެއިން އެންޓަޓެއިންމަންޓުން މިއަހަރު ގެނެސްދޭ ދެވަނަ ސިނަމެޓިކް އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ފަށައި، ފިލްމުގެ ޝޫޓިން ކުރިއަށްދާކަން ހާމަކޮށްފިއެވެ.
މިއީ އެ ސްޓޫޑިއޯގެ ތާރީޚުގައި އުފައްދާ 43 ވަނަ ފިލްމެވެ. ފިލްމުގެ އަސްލު ނަން އާންމުންނަށް ހާމަކުރުމުގެ ކުރިން، މިވަގުތު މި ޕްރޮޖެކްޓަށް ބޭނުންކުރަމުންދާ ކޯޑް ނަމަކީ "ޕްރޮޖެކްޓް 43" އެވެ.
ޑާކް ރެއިންއިން ބުނި ގޮތުގައި މި ސިއްރުވެރި ފިލްމު އޮލިމްޕަސް ސިނަމާގެ ބޮޑު އިސްކްރީނަށް އަންނާނެ ތާރީޚު މިހާރު ވަނީ ފައިނަލް ކުރެވިފައެވެ. އެގޮތުން ފިލްމު އެޅުވުމަށް ތާވަލުކޮށްފައިވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.
Ads by BML"ކުރިއަށް އޮތް ތަނުގައި މި ފިލްމާ ބެހޭ އިތުރު ތަފްސީލުތަކާއި، ފިލްމުން ފެނިގެންދާނެ ތަރިން ރަސްމީކޮށް އިއުލާނުކުރަމުންދާނެ،" - ޑާކްރެއިން
މި ފިލްމަކީ ކޮން ކަހަލަ ވާހަކައެއްގެ މައްޗަށް ބިނާކޮށް، ކޮން ތަރިންނެއް ހިމަނައިގެން އުފައްދާ ފިލްމެއްކަން އަދި ސިއްރުކޮށްފައިވީ ނަމަވެސް، ޑާކް ރެއިންގެ ކޮންމެ އުފެއްދުމަކީ ބެލުންތެރިން ހައިރާންކޮށްލާ ފަދަ ތަފާތު މަސައްކަތްތަކަކަށް ވާތީ، މި ފިލްމަށް ވެސް ފިލްމީ ދާއިރާގެ ގިނަ ބަޔަކު މިހާރު ތިބީ ކެތްތެރިކަމެއް ނެތް އިންތިޒާރެއްގައެވެ.
Ads by MACL
