ގާނާގެ މަޝްހޫރު ފަންޑިތަވެރިޔާ ބުނީ ވޯލްޑް ކަޕް ތަށި ޕޯޗުގަލް އަށް ޔަގީންވެފައިވާކަަމަށް
މިފަހަރުގެ ވޯލްޑް ކަޕާ ބެހޭގޮތުން ހައިރާންކުރުވަނިވި ލަފާކުރުމެއް ގާނާގެ މަޝްހޫރު ފަންޑިތަވެރިޔާ ކުވާކޫ ބޮންސާމް، ހާމަކޮށްފިއެވެ.
ބޮންސާމް ބުނެފައިވާ ގޮތުގައި މިފަހަރުގެ މުބާރާތުގެ ތަށި އުފުލާލާނީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕޯޗުގަލްގެ ޓީމެވެ.
"މި ވޯލްޑް ކަޕަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕޯޗުގަލްގެ މުބާރާތެއް. އަހަންނަށް އެކަން ވަރަށް ސާފުކޮށް ފެނިއްޖެ" އެ ފަންޑިތަވެރިޔާ ބުނެފައިވެއެވެ. އަދި ރޫހާނީ ދުނިޔޭގައި ޕޯޗުގަލް މިހާރުވެސް ވަނީ މި މުބާރާތް ކާމިޔާބުކޮށްފައިކަމަށް އޭނާ ބުނެފައި ވެއެވެ.
Ads by BMLމީގެ އިތުރުން، ރޮނާލްޑޯއަށް އިޝާރާތްކޮށް ބޮންސާމް ބުނީ އޭނާގެ ވަގުތު މިހާރު ޖެހިއްޖެ ކަމަށާއި، އެހެންކަމުން ހާސްނުވެ ހަމަޖެހިލައިގެން ހުރުމަށް އެދޭ ކަމަށެވެ. އޭނާގެ ލަފާކުރުމުގައިވާ ގޮތުން ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރޮނާލްޑޯ ވޯލްޑް ކަޕްގެ ތަށި އުފުލާލާނެއެވެ.
މި މުބާރާތުގައި ވާދަކުރާ އިނގިރޭސިވިލާތާ ބެހޭގޮތުން ވާހަކަ ދައްކަމުން ބޮންސާމް ބުނީ، ހެރީ ކޭން އާއި އިނގިރޭސި ޓީމަށް މިފަހަރުވެސް ކުރިމަތިލާންޖެހޭނީ ނާކާމިޔާބީއާ ކަމަށެވެ. އަދި ތަށި މިހާރު ވަނީ ޕޯޗުގަލްއަށް ކަނޑައެޅިފައި ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ބުނެފައެވެ.
Ads by MACL
