ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕާކިސްތާނުގެ ބޮޑު ވަޒީރާއި، ސައުދީގެ ފޮރިން މިނިސްޓަރުގެ ކުއްލި ބައްދަލުވުމެއް

ޕާކިސްތާނުގެ ބޮޑު ވަޒީރާއި، ސައުދީގެ ފޮރިން މިނިސްޓަރުގެ ކުއްލި ބައްދަލުވުމެއް

ޕާކިސްތާނުގެ ބޮޑުވަޒީރާއި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ކަންތައްތަކާބެހޭ ދައުލަތުގެ ވަޒީރު ކުއްލި މަޝްވަރާކުރައްވައިފިއެވެ.

ޕާކިސްތާނު ބޮޑު ވަޒީރުގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މުޙައްމަދު ޝަހްބާޒް ޝަރީފް ވަނީ ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ކަންތައްތަކާބެހޭ ދައުލަތުގެ ވަޒީރު ޢާދިލް އަލް-ޖުބައިރާ ބައްދަލުކުރައްވައި މުހިންމު ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި  ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެެވެ.

ޝަރީފް ވަނީ އިންޑިޔާއިން ޕާކިސްތާނަށް އަމާޒުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މިސައިލްތަކާއި ޑްރޯންތަކުގެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

އަދި އެ ހަމަލާތަކުގެ ސަބަބުން އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ޝަހީދުވެފައިވާ ކަމަށާއި، މަދަނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި، ޝަރީފް ވިދާޅުވެފައިވަނީ އިންޑިޔާގެ "ޙައްޤެއް ނެތި އަދި އެއްވެސް ސަބަބަކާ ނުލައި ދީފައިވާ އަނިޔާވެރި ހަމަލާތަކުން ޕާކިސްތާނުގެ ސިޔާދަތާއި އަރާޒީ ސަލާމަތަށް އަރައިގަނެފައިވާ" ކަމަށާއި، "ސަރަޙައްދުގެ ސުލްޙަވެރިކަމާއި ހަމަހަމަކަމަށް ނުރައްކާވެފައިވާ" ކަމަށެވެ.