ހަންޏާމީދޫގައި ބަގީއެއް މޫދަށް ވެއްޓި ހިތާމަވެރި ހާދިސާއެއް: 13 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
އދ. ހަންޏާމީދޫ ބަނދަރު ސަރަޙައްދުގައި ހުރި ބަގީއެއް ކުއްލިއަކަށް ދުއްވައިގަނެ، މޫދަށް ވެއްޓި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 13 އަހަރުގެ ކުޑަކުއްޖަކު ނިޔާވެއްޖެއެވެ.
މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވީ، އެ ރަށު ބަނދަރު ކައިރީގައި ތަޅުދަނޑި ޖަހާފައި ހުއްޓާފައި ހުރި ބަގީއަކަށް އެ ކުއްޖާ އަރައި، އޭތި ސްޓާޓްކޮށްލި ވަގުތު ކޮންޓްރޯލުން ނެއްޓިގެން ގޮސް މޫދަށް ވެއްޓުމުގެ ސަބަބުންނެވެ.
ބަގީއާއެކު މޫދަށް ވެއްޓުނު ވަގުތު އެ ސަރަޙައްދުގައި އޮތް ދޯންޏެއްގައި ޖެހި، އެ ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް މަޢުލޫމާތު ލިބެއެވެ.
Ads by BMLމި ހާދިސާގައި ނިޔާވެފައިވަނީ ހަންޏާމީދޫ، ޑެއިޒީވިލާ، ޢަލީ އަނަސް ބިން މުޙައްމަދު އަރީޝްއެވެ. އޭނާ ނިޔާވީ އެކްސިޑެންޓާ ގުޅިގެން ލިބުނު އަނިޔާތަކަށް އެ ރަށު ޞިއްޙީ މަރުކަޒުގައި އަވަސް ފަރުވާ ދެމުން ދަނިކޮށް ކަމަށް އެނގިފައިވެއެވެ.
ނިޔާވި އަރީޝްގެ ކަށުނަމާދުގެ ކަންކަން ނިންމުމަށްފަހު، ރޭގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު ވަނީ ވަޅުލާފައެވެ.
Ads by MACL
