ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންޑިއާގެ މިސައިލް ސްޓޭޝަނަކާއި 2 އެއާޕޯޓަށް ޕާކިސްތާނުން ބޮން އަޅައިފި، ހަނގުރާމަ އިތުރަށް ގޯސްވެއްޖެ

އިންޑިއާގެ މިސައިލް ސްޓޭޝަނަކާއި 2 އެއާޕޯޓަށް ޕާކިސްތާނުން ބޮން އަޅައިފި، ހަނގުރާމަ އިތުރަށް ގޯސްވެއްޖެ

ޕާކިސްތާނުން އިންޑިއާއަށް ވަރުގަފަ ހަމަލާތަކެއް ދީފިއެވެ.

މި ހަމަލާގެ ސިއްރު ނަމަކީ "ބުންޔާން މަރްޞޫޞް" އެވެ. މިއީ ޤުރުއާނުގެ އާޔަތަކުން ނަގާފައިވާ ނަމެކެވެ.

ފަތިސް ނަމާދަށްފަހު އިންޑިއާގެ އަސްކަރީ މަރުތަކަށް އަމާޒުކޮށް ފޮނުވާލި ހަމަލާވަނީ ކާމިޔާބު ކަމާއިއެކު ފޯރާފައިކަމަށް ޕާކިސްތާނު އަސްކަރިއްޔާއިން ހާމަކުރެއެވެ.

މި ހަމަލާގައި އިންޑިއާގެ އެކި ސަރަޙައްދުތަކަށް އަމާޒުކުރެވުނު އިރުބމި ހުރިހާ ތަނަކީވެސް ސިފައިންގެ ތަންތަނެވެ. މީގެ ތެރޭގައި މިސައިލް ސްޓޭޝަނަކާއި ދެ ވައިގެ ބަނދަރު ހިމެނެއެވެ.

ޕާކިސްތާނުން ބުނަމުން އައީ މިފަދަ ފިޔަވަޅަކަށް ދާން ބޭނުމެއް ނުވާ ކަމަށެވެ. ނަމަވެސް މެ7 ގައި ދެވުނު ހަމަލާތަކަށްފަހު، ޕާކިސްތާނުން ވަގުތުން ޖަވާބުދީ، އެ ޤައުމުގެ ސަރަޙައްދީ ސަލާމަތާއި މިނިވަންކަން ހިމާޔަތްކުރުމަށް ޖަވާބުދާރީވުމުގެ ޙައްޤު ރައްކާކުރާ ކަމަށް ބުނެފައިވާތީ، މިފަދަ ފިޔަވަޅެއް އަޅަން މަޖުބޫރުވީ ކަމަށް ބުނެފައިވެއެވެ.