ޕާކިސްތާނުގެ ހަމަލާއެއްގައި ކަޝްމީރުގެ އިސްވެރިއެއް މަރާލައިފި، އިންޑިއާއިން ތިބީ ޝޮކެއްގައި، ބުނާނެ އެއްޗެއްވެސް ނޭނގޭ: އުމަރު އަބްދުالله
އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ވެރިޔާ ޑިސްޓްރިކްޓް އޮފިޝަލެއް މަރުވެއްޖެކަމަށް ރިޕޯޓުކޮށްފިއެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި، އިންޑިއާގެ ބެލުމުގެ ދަށުގައިވާ ޖައްމޫ އަދި ކަޝްމީރު ސަރަޙައްދުގެ ވެރިޔާ އުމަރު އަބްދުﷲ ވިދާޅުވެފައިވަނީ، ރަޖޯރީ ރަށުގެ ޑިސްޓްރިކްޓް ކޮމިޝަނަރު ރާޖް ކުމާރު ތައްޕާ މަރުވެފައިވަނީ އޭނާގެ ގެއަށް ޕާކިސްތާނުން ދިން ހަމަލާ އަމާޒުވުމުން ކަމަށެވެ.
"މި ހިތާމަވެރި މަރުގެ ސަބަބުން އަޅުގަނޑަށް ލިބުނު ޝޮކާއި ހިތާމަ ފާޅުކުރާނެ ބަހެއް އަޅުގަނޑަކަށް ނެތް،" އަބްދުﷲ
Ads by BMLހޮނިހިރު ދުވަހުގެ ފަތިހުން ފެށިގެން އިންޑިއާ އާއި ޕާކިސްތާން ވަކިކުރާ ކަޝްމީރު ގުޅޭބޯޑަރުގައި ގަދަފަދަ ހަނގުރާމަ ދަނީ ކުރަމުނެވެ.
އެގޮތުން ރޭ ފަތިހުން ފެށިގެން ޕާކިސްތާނުން ދަނީ އިންޑިއާއަށް ބޮން އަޅަމުންނެވެ.
ނަތީއްޖާއެއްގެ ގޮތުން އިންޑިއާގެ 32 އެއާޕޯޓެއް ވަނީ 5 ދުވަހައް ބަންދުކޮށްފައެވެ.
Ads by MACL
